ޝަމްނާޒް
ސިހުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ފިރިހެން މީހާ ކޯޓުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި އެ ފިރިހެން މިހާގެ އިތުރުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮވެސް ހައްޔަރުކޮށްފައި ވެެއެވެ.
ސިހުރުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރު ކޮށްފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގައި ޖުމްލަ ތިން މީހަކު ހައްޔަރު ކުރިއިރު، މި ތިން މީހުންގެ ބަންދަށްވެސް ކޯޓުން އެއިރު ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.
މީގެ ތެރެއިން ދެބެއިންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
އަދި މި މައްސަލައިގައި ހިމެނޭ 58 އަހަރުގެ ފިރިހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ޖޫން 29 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް