ހޯމް މިނިސްޓަރ އިޙުސާން
ރާއްޖޭގައި ގަވާއިދާ ހިިލާފަށް އުޅޭ ބިދޭަސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގަން ފެށި "ކުރަނގި" އޮޕަރޭޝަން އަލުން ކ. މާފުށީގައި ކުރިއަށްދާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
އެ ރަށުގައި އޮޕަރޭޝަން ފުރަތަމަ ފެށީ މި މަހުގެ 13 ގަ އެވެ.
އޭގެ ކުރިން އެންމެ ފުރަތަމަ "ކުރަނގި" އޮޕަރޭޝަން ފެށި ރަށަކީ ކ. ހިންމަފުއްޓެވެ. އެގޮތުން އެ ރަށާއި އީދު ބަންދަށް މާފުށީގައި އޮޕަރޭޝަން ކަނޑާލި އިރު، އެ ދެ ރަށުން 800 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.
މާފުށީގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް މާދަމާގެ ނިޔަލަށް މިނިސްޓްރީން އޮތީ އަމާޒު ހިފައިފަ އެވެ.
"ކުރަނގި" އޮޕަރޭޝަނަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު އަހަރު ދުވަހުގެ ތެރޭގައި އެއްކުރަން އޮޕަރޭޝަނެކެވެ. އެއްކުރުމެވެ. އެގޮތުން ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ޤާއިމުކޮށް، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރާނެ އެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވައިލެވޭނެއެވެ.
އޮޕަރޭޝަނުގައި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފުރަތަމަ މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ނަ މަވެސް، ރާއްޖެ 5 ސަރަޙައްދަށް ބަހާލައިގެން އެ މަސައްކަތް ވަރަށް އަވަހަށް އެހެން އަތޮޅުތަކުގައިވެސް ފަށަން އޮތީ ނިންމައިފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް