ޔުނިފޯމް ވިއްކާލައި ޤައުމަށް ޚިޔާނާތްތެރިވާންޖެހޭ ސަބަބެއް ނޯންނާނެ، އެކަން ބަލައިނުގަނެވޭނެ: ވަޒީރު

ހޯމް މިނިސްޓަރ އިޙުސާން

ޔުނިފޯމު އެޅި އެއްވެސް މީހަކު ފައިސާ ނަގައިގެން ޤައުމަށް ޚިޔާނާތްތެރިވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށާއި ފައިސާއަށްޓަކައި ޔުނިފޯމް ވިއްކާލުން ބަލައި ނުގަނެވޭނެކަމަށް ދާޚިލީ ސަލާމަތާއިޮ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޖަލު އޮފިސަރުން ރިޝްވަތު ހިފުމާއި ޤާނޫނާ ޚިލާފުވުމުގެ ތުހުމަތުގައި ހިންގާ ބޮޑު އޮޕަރޭޝަނާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ޔުނިފޯމު އަޅައިގެން އެންމެ މަތީ ފެންވަރުގެ ނަޒާޙަތްތެރިކަން ދޭންޖެހޭ ފަދަ ވަޒީފާއަކަށް ކުރިމަތިލަނީ ކޮންމެ މީހަކުވެސް އަމިއްލައަށްކަމަށެވެ. އަދި އެވަޒީފާގައި ދެމި ހުރިހާ ދުވަހަކު އޭނާ ޤައުމަށް އެންމެ މަތީ ދަރަޖައިގައި ތެދުވެރިވެ ނަޒާޙާތްތެރިވާން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަޒާޙަތްތެރިކަމާއި ތެދުވެރިކަމާއެކު ވަޒީފާ އަދާކުރުމަށް ހުރަހެއް ކުރިމަތިވާނަމަ އަދި ޙައްގަކުން އެކަހެރިވާނަމަ، އެހީތެރިކަމަށް އެދޭނެ ފަދަ ފުރުޞަތު ކޮންމެ މުވައްސަސާއެއްގެ ތެރޭގައިވެސް އޮންނާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ޔުނިފޯމް އެޅި ޒިންމާދާރު ވަޒީފާއެއް އަދާކުރުމުގައި އެއްވެސް އޮފިސަރަކަށް މަޖުބޫރުކަމެއް ނެތްކަމަށާއި، މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ޔުނިފޯމު އެޅި އެއްވެސް އޮފިސަރަކަށް ޤައުމަށް ޚިޔާނާތްތެރިވެ ގައްދާރުވާންޖެހޭނެ އެއްވެސް ސަބަބެއް އަދި ޙާލަތެއްވެސް ކުރިމަތިނުވާނެކަމަށެވެ.

"ޔުނިފޯމު އެޅި މުވައްސަސާއެއްގައި މަސައްކަތްކުރި މީހެއްގެ ޙައިސިއްޔަތުން، އަދި މިވަގުތު ލޯ އެންފޯސްމަންޓް އޭޖެންސީތަކަށް ޒިންމާވާ ވަޒީރުގެ ޙައިސިއްޔަތުން މިދަންނަވަނީ، އެއްވެސް ޙާލަތެއް ނޯންނާނެ، ހުވާކޮށްގެން ހުންނަ މީހަކު، ފައިސާ ނަގައިގެން ދައުލަތަށް ޚިޔާނާތްތެރިވާންޖެހޭ، އެއްވެސް ޙާލަތެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ހުވައެއްގެ މަތީގައި ތިބެގެން ޤައުމަށް ޚިދުމަތްކުރާ ޔުނިފޯމް އެޅި މީހުން ފައިސާ ނަގައިގެން ޚިޔާނާތްތެރިވާނަމަ އެކަން އެކުރަނީ ފުރިހަމަ އޮފިސަރަކަށް ނުވާތީކަމަށާއި އެއީ ކުށްވެރިންކަމަށް ވަޒީރު ވދާޅުވިއެވެ. އަދި ހުވައެއްގެ މަތީގައި ތިބޭ އޮފސަރުން އެކަމާއި ކުރިމަތިލާންޖެހޭނީ ޤައުމަށް ޚިޔާނާތްތެރިވާން މެދުވެރިކުރުވާނެ ހުރިހާ ސަބަބުން އެކަހެރިވެ ތިބެގެންކަމަށާއި، ކުރިއަށް އޮތްތަނުގައި ތަންފީޒީ އިދާރާތަކުގެ ތަމްރީނުތައް އިތުރަށް ހަރުދަނާކޮށް މިފަދަ ކަންކަމުން އޮފިސަރުން ވީހާވެސް ބޮޑަށް ދުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެފަދަ ޢަމަލުތައް އޮފިސަރުންގެ ފާރާތުން ހިނގައި އެކަން ނުބެލިވާ ސަބަބު ދެނެގަތުމަށް ތަޙުޤީގެއް ހިންގާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ ކަރެކްޝަނަލް ސަރވިސްގެ ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންގެ އެކައުންޓްތަކަށް އާދަޔާ ޚިލާފަށް ފައިސާ ޖަމާވެފައިވާކަން އެނގި ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވަނިކޮށެވެ.

---

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy