1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

1 މިލިއަން ވަނަ ފަތުރުވެރިޔާ

މިއަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިޔަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ހޯދާފައިވަނީ ތައިލޭންޑުގެ އަންހެނެއްކަމަށްވާ ސުޓާޕާ އަމޯންވިވަތުއެވެ.

އެއް މިލިޔަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ހޯދި ތައިލޭންޑުގެ ސުޓާޕާ އަމޯންވިވަތު ރާއްޖެ އައިސްފައިވަނީ އެއަރ އޭޝިޔާގެ ފްލައިޓަކުންނެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މިއީ އޭނާ ރާއްޖެއަށް އައި 3 ވަނަ ފަހަރެވެ.

އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ އަހަރުގެ މިހާ ކުރީކޮޅު އެއް މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"7 އަހަރު ފަހުން މިހާ އަވަހަށް އެއް މިލިއަން ފަތުރުވެރިން މި ހާސިލްވީ، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް، ސަރުކާރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ގެނައުން، ބާކީ %50 އިންސައްތަ ހާސިލްކުރަން މިދަނީ މަސައްކަތްކުރަމުން،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަށްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައިވެސް އެކަމަށް އިސްކަންދެއްވާކަމަށެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައި މިވަނީ ގާތްގަނޑަކަށް 3 ހަފްތާކުރިން ކަމަށެވެ.

"މިދިޔަ އަހަރު އައި 16 ޖުލައި، މި އަހަރު މި ޓާގެޓު މި ރިޗްވީ އަވަހަށް، 2 މިލިއަން އަމާޒު ހާސިލްކުރުމަށް މިއީ ލިބިގެންދާނެ ފުރުސަތެއް މިއީ،" ޝިއުރީ ވިދާޅުވިއެވެ.

ޝިއުރީ ވިދާޅުވީ މިއަހަރު މިހާތަނަށްވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު، ކުރިއަށްވެސް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމާއި ގުޅޭ ތަފާތު އެކި ތަފާސްހިސާބުތައް ގާތުން ބަލަމުންދާ ކަމަށާއި، މިފަދަ މައުލޫމާތުތަކަކީ ފަތުރުވެރިކަން އިތުރުކުރުމަށް މުހިއްމު މައުލޫމާތުތަކެއްކަން ޝިއުރީ ފާހަގަކުރެއްވިއެވެ.

އެއް މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ސަރުކާރުގެ ކަމާއިގުޅޭ އެކި އިދާރާތަކުން ބައިވެރިވެފައެވެ.
އަދި މި ހަފްލާގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ވަނީ ސިޔާމް ވޯލްޑް ރިސޯޓުގައި 5 ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ދީފައެވެ.

---

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

8 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

10 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

23 ގަޑިއިރު ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy