ނަޝީދާއި އިބޫ އަލުން އެއްގަލަކަށް އަރަނީތަ؟

---

ކުރީގެ ރައީސް އިބްރާހީމް މުހައްމު ސޯލިހު (އިބޫ) އާއި އެމްޑީޕީއާ އެކީ އަލުން މަސައްކަތްކުރައްވަފާނެކަމުގެ އިޝާރާތެއް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

އެމްޑީޕީ އަށް މިއަދު 19 އަހަރު ފުރުމާ ގުޅިގެން "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެ ޕާޓީ އަށް 2028 ގައި ވެރިކަން ލިބެން އޮތީ ނަޝީދު އިސްކޮށް ހުންނަވައިގެން މިދިޔަ އަހަރު އުފެއްދެވި ޑިމޮކްރެޓްސް އަލުން އެމްޑީޕީއާ އެކުވެގެން ކަމަށެވެ. އެކުވެގެންކަމަށެވެ.

"ހަގީގަތުގައި މި ފަހަރު ވެރިކަން ގެއްލުމުގެ އިންތިހާބުގެ ގެއްލުމުގެ އެންމެ ބޮޑު އެއް އިޝޫއަކީ ވެސް އެއީ. އަޅުގަނޑު ހިތުން މިއަދު މީ އަނެއްކާވެސް އެއާ ދޭތެރޭ އެ ބޭފުޅުންވެސް ވިސްނަވަންވީ ވަގުތު. މީ ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީ. އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީ. އެކީގައި ވަޑައިގަންނަވަންވީ ހަމަ،" އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑާ ދޭތެރޭ ހުރި މައްސަލައެއް ވޔަސް އެކަން އެއް ފަޅީގައި ބާއްވާފައި ގައުމަށާއި އަދި އަޅުގަނޑުމެން މި ކުރި މަސައްކަތް އަދި ނިމުމަކަށް ނުދޭ އެއިރު ފެށި މަސައްކަތް އެމްޑީޕީ."

ރައީސް ސާލިހްގެ މި ވާހަކަތަކާ ގުޅިގެން ނަޝީދު ސޯޝަލް މީޑިއާގައި ވަނީ އެމްޑީޕީއާ އެކީ މަސައްކަތް ކުރައްވަފާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

"ތި ވިދާޅުވި މިސްރާބު އަޅުގަނޑުމެން އެންމެނަށް ވެސް ހޯދޭނެ ކަމުގެ އުއްމީދު އަޅުގަނޑު ވެސް ކުރަން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދާއި އިބޫއާ ދެމެދު ކުނި ޖެހި، މިދިޔަ އަހަރުގެ ކުރީކޮޅު އެމްޑީޕީ ދެ ފެކްޝަނަށް ބެހުނީ ރިޔާސީ ޕްރައިމަރީގައި ނަޝީދާއި އިބޫ ވާދަަކުރައްވައި ނަޝީދު ބޮޑުތަނުން ބަލިވެވަޑައުގަތުމުންނެވެ. އެއާ އެކީ ނަޝީދު ފަޅީގައި ތިއްބެބި މަޖިލިސް މެންބަރުންނާ އެކޫ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ސިޔާސީ ވަކި ހަރަކާތްތަކެއް ހިންގަން ފެށި އެވެ.

އޭގެ ފަހުން މިދިޔަ އަހަރު ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި "ދަ ޑިމޮކްރެޓްސް" އުއްފެދި އެވެ. އަދި އެ ޕާޓީ ވަކިން ރިޔާސީ އިންތިހާބަށް ވާދަ ވެސް ކުރި އެވެ.

ނަމަވެސް ރިޔާސީ އިންތިހާބާއި މި އަހަރު ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި ވެސް އެ ދެ ޕާޓީ އަށް ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީ އެވެ. މިކަން އެމްޑީޕީގެ ގިނަ ބަޔަކު ސިފަކުރަނީ ބައިބައިވުމުގެ ގެއްލުމުގެ ގޮތުގަ އެވެ.

---

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

47 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy