ބަންގްލަދޭޝްގެ ލޭބަރުން ގެނައުމުގެ ލިމިޓު އުވާލަނީ

މިނިސްޓަރ އިޙުސާން

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ރާއްޖެއަށް ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ގާނޫނުން މިހާރު ކަނޑައަޅާފައި އޮތް ލިމިޓު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގައި މިނިސްޓަރު އިއްޔެ ވިދާޅުވީ މި ވަގުތު ރާއްޖޭގައ ލޭބަރުންނަށް އޮތް ޑިމާންޑާއި ކުރިއަށް އޮތް ތަނަށް އަންދާޒާ ކުރެވޭ ޑިމާންޑަށް ބަލާއިރުގައި، ބަންގްލަދޭޝްގެ 100،000 ލޭބަރުންގެ ލިމިޓަކީ އުވާލަން ޖެހޭ ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ލިމިޓު އުވާލަން ވާނީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"އެހެން ނޫން ނަމަ އެއީ ކުރަން ރަނގަޅު ކަމެއް ނޫން." އިހުސާން ވިދާޅުވި އެވެ.

ބަންގްލަދޭޝް ލޭބަރުންގެ ލިމިޓު އުވާލުން ބަރޯސާވަނީ ދެ ކަމަކަށްކަން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ފާހަގަކުރައްވާ އަދި ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އެކަންކަން ނިންމަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގފެ ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވާ އިރު، މީގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާތީ އެކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން މިހާރު އަންނަނީ "ކުރަނގި" ގެ ނަމުގައި އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ.

---

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy