ކޮމިޓީ ސިއްރުނުކޮށް، ރާއްޖޭގެ މާލީ ހާލަތު މާދަމާ އޮޅުންފިލުވައި ދެނީ

--

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުން ފިލުއްވައި ދެއްވުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރަކު "ވަގުތަށް" މިއަދު ވިދާޅުވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މާލިއްޔަތު ކޮމިޓީ އަށް ވަޑައިގަތުމަށް ނިންމެވީ އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ. އެހެންވެ، އެ ކޮމިޓީ ބައްދަލުވުން މާދަމާ ބާއްވަން ނިންމަވާފައިވާ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓަރު ބޭނުންވަނީ އެ ކޮމިޓީ ސިއްރުނުކޮށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން. މާނައަކީ ޓީވީތަކުން ލައިވް ވެސް ކުރެވޭނެއޭ. އަދި އާންމުންނަށް ބަލާލެވޭނެއޭ،" މާލިއްޔަތު ކޮމިޓީގެ މެމްބަރަކު ކިޔައި ދެއްވިއެވެ.

މިނިސްޓަރު ޝަފީގު މާލިއްޔަތު ކޮމިޓީ އަށް ވަޑައިގެން ރާއްޖޭގެ މާލީ ހާލަތު އޮޅުން ފިލުއްވައި ދިނުމުގެ ގޮތުން އިއްޔެ ވެސް ކޮމިޓީ ބައްދަލުވުމެއް ބޭއްވިއެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެ ބައްދަލުވުމަށް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު އާލާސްކަންފުޅާ އުޅުއްވި ކަމުގައި ވިޔަސް، އޭނާ ވަނީ މަޖިލިހަށް ލިޔުންތަކެއް ފޮނުއްވައިފައެވެ. އެ ލިޔުންތަކާ މެދުގައި މަޝްވަރާ ކުރުމަށްޓަކައި ބައްދަލުވުން ސިއްރު ކުރަން ފެނޭތޯ ވޯޓަށް އެހުމުން، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ބައްދަލުވުން ސިއްރު ކުރުމަށެވެ.

ރާއްޖޭގެ މާލީ ހާލަތު މަޖިލިހުގެ ކޮމިޓީ އަށް އޮޅުން ފިލުއްވައި ދެއްވުމަށް އެދިވަޑައިގެން ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މެމްބަރު އަހުމަދު ނާޒިމެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އަވަށްޓެރި ސްރީލަންކާގެ އިގްތިސާދު ފެއިލްވެ، ބަނގުރޫވެގެން ދިޔަ އިރު، އިންޑިއާ އާއި ޗައިނާ ވެސް ތިބީ ބަލަހައްޓައިގެން ކަމަށެވެ. އިންޑިއާ އާއި ޗައިނާއިން "ވާނެ އެއްޗެއް ވާން" ދޫކޮށްލީ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވި ގޮތުގައި އިގްތިސާދީ މަންޒަރު ސިފަ ކުރެވޭނީ ފިނޭންސް މިނިސްޓްރީން އެ މަންޒަރު ދެއްވީމައެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ހަގީގަތް ހާމަކޮށްގެން މެނުވީ، ޓެކްސް އިތުރަށް ބޮޑުކުރުން ފަދަ ފިޔަވަޅެއް މަޖިލީހަށް އެޅެން ނޯންނާނެ ކަމުގައި ނާޒިމް ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް، މިހާރުން މިހާރަށް ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ތެދުބަހުން ކިޔައިދޭން ނާޒިމް ވަނީ އިލްތިމާސް ކުރައްވައިފައެވެ. ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާ ގުޅޭ "ހިތި ބޭސް ސިޓީއެއް އޮތިއްޔާ" އެ ކަން ނުފޮރުވައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

---

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

9 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

11 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy