އެމްޑީޕީއަކީ މުއްދަތު ހަމަވެފައިވާ ފޯސްއެއް، ތާއީދުކުރާކަށް ނެތިން: ޔާމީން

---

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަކީ މިހާރު މުއްދަތު ހަމަވެފައިވާ ފޯސްއެއް ކަމަށާއި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެ ޕާޓީ އަށް ތާއީދު ކުރަން ބޭނުން ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ފަހު، ފުރަތަމަ ފަހަރަށް ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންއެފަކީ އެމްޑީޕީގެ ފިކުރުގެ ބައެއް ނޫން ކަމަށާއި ޕީއެންއެފުން އެއްގޮތަކަށް ވެސް އެމްޑީޕީ އަށް ތާއީދު ނުކުރާނެ ކަމަށެވެ. ޔާމީން އެގޮތަށް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާނެތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނިމިދިޔަ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކެލާ ދާއިރާ އަށް އަހުމަދު ޣާލިބު ނުކުންނެވުމާ ގުޅިގެން ޔާމީން ވަނީ ޣާލިބަށް ތާއީދު ކުރައްވައިފައެވެ. ޔާމީން ވިދާޅުވި ގޮތުގައި ޣާލިބަކީ "އަސްލުގައި ޕީޕީއެމް" ގެ ކެންޑިޑޭޓެކެވެ. ޣާލިބަކީ އަމިއްލަ ގޮތުން ވެސް އެމަނިކުފާނާ ވަރަށް ގާތް އެކަމަކު ހާލަތު ހުރި ގޮތުން އެމްޑީޕީ އަށް ވަޑައިގަތުމަށް މަޖުބޫރުވި ބޭފުޅަކަށްވާތީ ތާއީދު ކުރެއްވީ ޣާލިބަށް އެކަނި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ ޕީއެންއެފުން އެމްޑީޕީ އަށް ތާއީދު ކުރަން ޖެހޭ ސަބަބާ ގުޅޭ ގޮތުން ސުވާލު އުފައްދަވައިފައެވެ.

"އަޅުގަނޑަށް މީހުން ދަސްވާ ނަމަ، ކީއްކުރަންތޯ އެމްޑީޕީ މީހުންނަށް ތާއީދު ކުރަނީ؟ އެމީހުން ދެއްތޯ އަޅުގަނޑު ހުރަގޭގައި ގެންގުޅުނީ ފަސް އަހަރު ވަންދެން. އެމީހުން ދެއްތޯ އަޅުގަނޑުގެ އިންތިހާބުގެ އެލިޖިބިލިޓީ ނަގާލީ ވެރިކަމުގައި ތިބެގެން؟ ދެން ކީއްކުރަންތޯ އެމީހުންނަށް އަޅުގަނޑު ތާއީދު ކުރަންވީ؟ އެމްޑީޕީއެއް އެބައޮތްތޯ މިއަދު ރާއްޖޭގައި؟ ނެތޭ. އެއީ މުއްދަތު ހަމަވެފައިވާ ފޯސްއެކޭ." މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިނުލެއްވޭ ގޮތަށް ސުޕްރީމް ކޯޓުގެ އެހީގައި ހުކުމް ކުރީ އެމްޑީޕީން އަޑީގައި އޮވެގެން ކަމަށް ތުހުމަތު ކުރައްވައި ޔާމީން ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން އެމްޑީޕީވެގެން ނޫޅޭނެ، އެމްޑީޕީއަކަށް ތާއީދެއް ނުކުރާނެ." ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ޔާމީން ވިދާޅުވީ އެމްޑީޕީން ވެސް މަޖިލިހުގެ ތެރޭގައި ކުރާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީ ކުރުވާ ނަމަ، އޭގައި އޮތް މަސްދަރަށް ބަލާފައި އެކަމުގައި ޕީއެންއެފުން ވެސް ބައިވެރިވެދާނެ ކަމަށެވެ.

މިސާލެއް ނަންގަވައި ޔާމީން ވަނީ މަސްވެރިން ކިރުވި މަސްކޮޅު ނުލިބިގެން އެ މައްސަލަ މަޖިލިހަށް ވެއްދީމަ އެ މައްސަލައަށް ތާއީދު ނުކުރަންވީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ މި ގައުމުގެ އަހުލާގު ހަލާކުކޮށްލި މީހުންނެވެ. އެއްވެ އުޅުމުގެ މިނިވަންކަން ދޭނަމޭ ކިޔައިގެން ވެރިކަމަށް އައިސް ރައްޔިތުން ހަނާކޮށްލި ބަޔަކީ ވެސް އެމްޑީޕީ ކަމުގައި ޔާމީން ވިދާޅުވިއެވެ.

"ކީއްވެގެންތޯ އަޅުގަނޑުމެން އެކަން ހަނދާނުން ކައްސާލައިގެން ދާންވީ؟" ޔާމީން ވިދާޅުވިއެވެ.

---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

27 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy