---
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ހުސްގޮނޑި ދައްކަވައިގެން ކަމަށާއި އެ ގޮނޑީގެ ސިހުރު އަދިވެސް ވަރަށް ގަދަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެެވެ.
އެ މަނިކުފާނުގެ އާ ޕާޓީ ޕީއެންއެފްގެ އޮފީހުގައމިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ
އެމަނިކުފާނުގެ "ހުސްގޮނޑި" ދައްކައިގެން ކަމަށެވެ.
ޔާމިން ވިދާޅުވީ ބަޔަކު މީހުން މިހާރު ހަނދާން ނެތަސް މި ސަރުކާރުން ވެރިކަމަށް އާދެވުނީ ހުސްގޮނޑީގެ ޖާދުލާއި އެ މަސްތުގައި ރައްޔިތުން ޖައްސައިގެން ކަމަށެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ސަރުކާރަށް ލިބުނީ ހުސްގޮނޑީގެ ބާރު ނެތިގެން ނޫން ކަމަށް ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ ގޮނޑިތަށް ލިބުނީ ރައްޔިތުންގެ ތާއިދު އޮވެގެން ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ހުސްގޮނޑި ދައްކައިގެން ނުލިބުނު ވާހަކަ ދައްކާނެ ކަމެއް ނެތް، ވެރިކަމަށް އާދެވުނީ ހުސްގޮނޑީގެ ބޭނުންކޮށްގެން،" ޔާމީން ވިދާޅުވި އެވެ. "އެ ޖާދުލުގައި އެ މަސްތުގައި އައީ ވެރިކަމަށް އައި ބަޔަކަށް ރައްޔިތުންގެ ވިސްނުން ހުންނާނީ އެ މީހުންނަށް މަޝްރޫއު ގަނޑެއް ވެސް ލިބޭނީ ސަރުކާރުގެ ތެރެއިންނޭ، އެހެންވީމަ ވޯޓް ދޭނެ. އެއީ ހުސްގޮނޑީގެ ސިހުރު ކެނޑިގެންނެއް ނޫން.، ހުސްގޮނޑީގެ ސިހުރު އަދިވެސް ވަރަށް ވަރުގަދަ."
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް