"ބައިކިލޯ" ހަމަނުވާ މީހުން ނެރެގެން ބެހެން ނުހައްދަވާ

ސިޔާސީ ގޮތުން ބައިކިލޯ ހަމަނުވާ ދެތިން މީހުން ނެރެގެން ބެހެން ނޫޅުމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ފަރާތްތަކަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ބަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.

އެގޮތުން އެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ކަންކަމުގައި ކާމިޔާބީ ލިބޭނީ ރައްޔިތުންނާ ގުޅުން އުފައްދަން ކެރޭ މީހުންނަށް ކަމަށާއި ރައްޔިތުންގެ އިހުސާސްތަކުގެ އަޑު އަހަން ކެރޭ މީހުންނަށް ކަމަށެވެ.

މަވެތިކަމަކަށް މިއަދަކު ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑު މި ދަންނަވަނީ ފިިނި ކޮޓަރީގައި ތިއްބަވައިގެން ބައިކިލޯ ހަމަނުވާ ދެތިން މީހުން ނެރެގެން އަޅުގަނޑުމެންނާ ބެހެން ނުހައްދަވާށޭ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ބައިކިލޯ ހަމަނުވާ މީހުން ގޮވައިގެން މަގުމައްޗަށް ނިކުމެ ރައްޔިތުންގެ ނުހަނު ބޮޑު ތާއީދު އޮތް ސަރުކާރަކާ ދިމާކުރަނީ ލަދުހަޔާތް ނެތުމުން ކަމަށެވެ.

ރައީސް ޔާމީންގެ އަރިހުގައި ގެންގުޅުއްވާ ކުރީގެ ނައިބުރައިސް މުހައްމަދު ޖަމީލް އަހުމަދު އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހަކީ ރައްޔިތުން ބަލައިގަންނަ ބައެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެ ބޭފުޅުން ގޮވައިގެން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށް ވިދާޅުވިއެވެ.

---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

8 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy