ފުލުހެއްގެ ގައިގައި ޖެއްސުމަށްފަހު ފިލި ކާރުގައި އިން އިތުރު މީހަކު ހައްޔަރުކޮށްފި

--

ހުޅުމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ސީނަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު ފިލި މައްސަލައިގައި ހޯދަމުންދިޔަ މީހާ ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ފަތިހު، ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން އެ ސަރަހައްދަށް ފުލުހުން ދިޔަ ކަމަށެވެ.

ފުލުހުން ދިއުމުން، މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައި ފިލަން އުޅުނު ތަން ފުލުހަކަށް ފެނިގެން އެ ކާރު ހުއްޓުވަން މަސައްކަތް ކުރަން އުޅުމުން ފުލުސް މީހާގެ ގައިގައި ކާރަކުން ޖައްސާ ކާރުގައި ތިބި މީހުން ފިލާފާއިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މި ދެ މީހުން ހޯދައި މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން އެކެއްގެ ބަންދަށް މީގެ ކުރިން ވަނީ 15 ދުވަސް ޖަހާފައެވެ. ދެވަނަ މީހާ ހޯދައި ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "ވަގުތު" އަށް ވިދާޅުވީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

24 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy