މިނިސްޓަރ އާދަމް ޝަރީފް
އެ ސަރަހައްދެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހޯދުން ފަސޭހަ ކުރުމަށްޓަކައި މިހާރު ކޮންމެ ރަށަކަށް ވެސް ފޯކަލް ޕޮއިންޓެއް ހަމަޖައްސާފައިވާ ކަމަށް ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ ކައުންސިލްތަކާއި މިިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކާ އޮންނަ ގުޅުން މީގެ ސަބަބުން ރަނގަޅުވެ، ހަރުދަނާ ވެސް ވެގެން ދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ހިންގާ މަޝްރުޢޫތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އޮޅުންފިލުވުމުގައި ކައުންސިލްތަކަށް ދަތިތަކެއް ހުރި ކަމަށެވެ. އެގޮތުން ކަންކަމުގައި ގުޅަން ޖެހޭ ފަރާތްތަކާ ބައްދަލުކުރަން ޖެހޭ އިދާރާތަކާ މީހުން ނޭނގުމަކީ ކައުންސިލަތަކަށް އޮތް ތަކުލީފެއް ކަމަށް ވިދާޅުވި އެވެ.
އަދި މީގެ ސަބަބުން ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ކައުންސިލަރުންނަށް އުނދަގޫތައް ކުރިމަތިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ރައީސް އޮފީހުގެ އެހީތެރިކަމާ އެކު މިހާރު ވަނީ ހުރިހާ ވުޒާރާތައް އަދި ކުންފުނިތަކުގައި ކައުންސިލްތަކާ މުއާމަލާތް ކުރެވޭނެ ފޯކަލް ޕޮއިންޓުން ހަމަޖައްސާފައި،" އާދަމް ޝަރީފު ވިދާޅުވި އެވެ. "ނަތީޖައަކަށް ވާނީ ރަށްރަށުގައި ހިންގާ މަސައްކަތްތަކުގެ އަޕްޑޭޓް، މަސައްކަތްތައް ފެށޭނެ ދުވަސްތަކާއި ހިނގާ ނުހިނގާ ގޮތުގެ މަޢުލޫމާތު ހޯދަން ކައުންސިލަރުންނަށް ފަސޭހަވާނެ."
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް