ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް

ރާއްޖެއިން ހައްޖުގެ އަޅުމަކަށް މައްކާއަށް ވަޑައިގެންނެވި ދިވެހި ހައްޖުވެރިން މާދަމާ އިން ފެށިގެން ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރައިން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ހައްޖުވެރިންގެ ގޮތުގައި 1،150 މީހަކު ސައުދީއަށް ދިޔައެވެ. އޭގެ ތެރެއިން އެއް ހައްޖުވެރިއަކު ވަނީ ނިޔާވެފައެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި އަހަރު ރާއްޖެއިން ހައްޖަށް ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު މިހާރު ފުރުމަށް ތައްޔާރުވެފައިވާ ކަަމަށެވެ.

ޙައްޖުވެރިން ރާއްޖެެއަށް ފުރުމަށް ހަމަޖެހިފައިވަނީ:
24 ޖޫން
28 ޖޫން
01 ޖުލައި
04 ޖުލައި

މިފަހަރު ދިވެހި ހުރިހާ ހައްޖުވެރިން ވަޑައިގެންނެވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ހައްޖުވެރިންގެ ކަންކަން ގާތުން ބެއްލެވުމަށް ހައްޖު ކޯޕަރޭޝަނާއި ގުޅިގެން ދިވެހި ގައްޖު މިޝަނުންވެސް ގިނަ މަސައްތަކެއްވެސް ކުރެވިގެން ގޮސްފައިވާ ކަމެވެ.

މައްކާގައި ހުންނަވައިގެން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިފަހަރު ހައްޖުގައި ދިވެހި ހާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނު ކަމަށާއި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ.

އޭގެ އިތުރުން، ޑައިލެލިސް ހަދާ މީހުންނާއި، ކެންސަރަށް ފަރުވާ ހޯދާ ބައެއް މީހުންނާއި، ހިތުގެ ބަލި ހުންނަ ބައެއް މީހުން ހާޖީންގެ ތެރޭގައި ތިބިއިރު އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނު ކަމަށް ވިދާޅުވިއެވެ. އަދި އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، މަގު އޮޅުނު 100 އެއްހާ ހާޖީން ސްމާޓް ޓެގް ޑިވައިސްގެ އެހީގައި ހުރި ތަނެއް ބަލައިގެން ހޯދި ކަމަށާއި ޢަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބަލި މީހުން ވެސް އަރަފާތަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ.

ފުރޮޅުލީ ގޮނޑީގައި ގިނަ އަދަދެއްގެ ހާޖީން އުޅުނުއިރު އެންމެނަށް އެހީތެރިކަން ދިންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ ކަމަށެވެ. އަދި މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި ކަމަށާއި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

14 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy