--
އިސްލާމްދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
"އައިޝަތު ނަޒްހާ" ކިޔާ އެކައުންޓަކުން އެކްސްގައި ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ގިނަ އަދަދެއްގެ ޕޯސްޓަކެއް ކޮށްފައެވެ. ފޭކު އެކައުންޓެއް ކަމަށް ބެލެވޭ އެ އެކައުންޓުން ކުރި ޓްވީޓުގައި ވަނީ ތަވާފް ކުރުމަށް ނިސްބަތްކޮށް، ދީނަށް ހަޖޫ ޖަހައި، އެކަން ކުރިޔަސް ޔޯގާ ހަރާމް ކަމަށް ބުނެފައެވެ.
އެ ޕޯސްޓާއި ގުޅިގެން ފުލުހުން ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމު ކޮށްފައިވާ ޕޯސްޓް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ޕޯސްޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ބަލަމުންދާއިރު ނަޒްހާ ނަމަކަށް ކިޔާ އެ އެކައުންޓުން ދީނަށް ފުރައްސާރަކޮށް އެކި ކަހަލަ ޕޯސްޓްތައް ވަރަށް ގިނައިން ކޮށްފައި ހުރެއެވެ.
ހަށިގަނޑު ދުޅަހެޔޮ ކުރުމަށް ކަސްރަތެއްގެ ގޮތުގައި ބައެއް ދިވެހީން ޔޯގާގެ ހަރަކާތްތައް ކުރާ ނަމަވެސް އެކަން ނުކުރުމަށް ދީނީ އިލްމުވެރިން ބާރުއަޅުއްވައެވެ.
ނިމިދިޔަ ބުރާސްފަތި ދުވަހަކީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ކަމަށްވިއިރު އިންޑިއާ އެމްބަސީގައި ދިވެހީން ބައިވެރިކޮށްގެން ޔޯގާގެ ކަސްރަތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާތީ ބައެއް ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް