ހުޅުމާލޭގައި ހަދައި ފިއުލް ސްޓޯރޭޖު ޓޭންކުތައް: ފޮޓޯ/ އެމްޓީސީސީ
ހުޅުމާލޭ އިންޖީނުގެއަށް ބޭނުންވާ ފިއުލް ސްޓޯރޭޖު ޓޭންކު ބެހެއްޓުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ހުޅުމާލޭގެ ވަގުތީ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ރައްކާ ކުރުމަށް ގާއިމުކުރާ ފިއުލް ސްޓޯރޭޖު ޓޭންކުގެ ޑިޒައިން އެންޑް ފެބްރިކޭޝަންގެ މަސައްކަތް ކުރުމަށް ސްޓެލްކޯއިން އެމްޓީސީސީ އާއި ހަވާލުކުރީ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން، ޓޭންކު ތަކުގައި އިތުރު ފަށަލައެއް ލުމުގެ ގޮތުން، ކޮންކްރީޓް ޖެހުމުގެ މަސައްކަތާއި ދެ ފިއުލް ޓޭންކު ހަރުކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
އެމްޓީސީސީން ބުނީ ހުޅުމާލެއަކީ ގްރޭޓާ މާލޭ ސަރަހައްދުގައި އުމްރާނީ އަދި އިގުތިސޯދީ ގޮތުން އެންމެ ކުރިއަރަމުން އަންނަ އެއް ސަރަހައްދައްވާއިރު، މި މަޝްރޫއުގެ މަސައްކަތް ނިމުމާ އެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބި ހިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރާ ކަމަށެވެ.
ވޭތުވެދިޔަ 44 އަހަރު ތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ނިންމައިފަ އެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގަ އެވެ. އެހެންކަމުން ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް