ފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ދޮޅުމަސް ތެރޭ ނިމޭނޭ: ނާޒިމް

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް: ފޮޓޯ/ ރައީސް އޮފީސް

މާލޭގައި ހަދާ ފުރަތަމަ ޖީޕީ ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ތެރޭ ނިމޭނޭ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ޑޮކްޓަރަށް ދައްކަން ދާ މީހުންގެ ކިއު ކުޑަކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ މާލޭގައި ގާއިމު ކުރުމަށް ނިންމާފައިވާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ނުވަތަ އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމު ކުރާ ކްލިނިކުތަކުގެ ހިދުމަތް ފެށުމުން ކަމަށެވެ.

"ކުރިއަށް އޮތް ދޮޅުމަހުގެ ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކުގެ މާލޭގައި ހެދޭނެ، އެއީ ކޮރެލް ބޮލެވާޑް ފާންނު ގައި ހުރި އިމާރާތް، އިމާރާތުގެ މަސައްކަތް ނިމެނީ، އިމާރާތް ނިމުމުން މަސައްކަތް ކުރާނެ ފަރާތްތައް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން، އަދި ހަމަ ދެ ވަނަ ތަނެއްގެ މަސައްކަތް ވެސް ފެށޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މާލޭގެ ހަތަރު ސަރަހައްދެއްގައި ޖީޕީ ކްލިނިކުތައް ގާއިމު ކުރާއިރު، ހުޅުމާލެއާ އެކު ޖުމުލަ ހަ ކްލިނިކު ގާއިމު ކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހިދުމަތްދެމުންދާ ގޮތަކީ އާދައިގެ ކުދި ބަލިތަކާއި އާއްމު ރޯގާތަކަށް ފުރަތަމަ މައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފެމެލީ ކްލިނިކަކުން ނުވަތަ ކައިރި ހެލްތު ފެސިލިޓީއަކުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އުސޫލުން ހިދުމަތްދޭން ފެށުމުން ފަރުވާ ހޯދުމުގައްޔާއި ފަރުވާ ދިނުމުގައި ފަސޭހަ އަވަސް ހިދުމަތެއް ބަލިމީހާ އަށް ލިބިގެންދާއިރު، މައި ހޮސްޕިޓަލަށް ބާރު ކުޑަވުމާއި އެމަޖެންސީ ހިދުމަތްތާއި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ވަރަށް ބޮޑަށް ލުއިފަސޭހަ ކަމެއް ލިބޭނެކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ އައިޖީއެމްއެޗްގެ އިމަޖެންސީ އަށް ދުވާލަކު 400 އަށްވުރެ ގިނަ މީހުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން 300 އެއްހާ މީހުންނަކީ ކޮންމެހެން އެމަޖެންސީއަށް ނުގޮސް ޖީޕީ ކްލިނިކެއްގެ ތެރެއިން ހިދުމަތް ދެވިދާނެ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy