ޔޫއެންއެސްކެޕަށް ރާއްޖެއިން ކަނޑައެޅި ދާއިމީ މަންދޫބު ފަތްކޮޅު އެރުވުން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޔުނައިޓަޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ ދަ އޭޝިއާ އެންޑް ޕެސިފިކް (ޔޫއެންއެސްކެޕް) އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ހުންނަވާ ދާއިމީ މަންދޫބު، ހުދާ އަލީ ޝަރީފު އެކަމަނާގެ މަގާމުގެ ފަތްކޮޅު އ.ދ ގެ އަންޑަ ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ އަލިސްޖަބާނާއަށް މިއަދު އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ތައިލޭންޑުގެ ވެރިރަށް ބެންގްކޮކުގައި ހުންނަ އދ. ގެ ކޮންފަރެންސް ސެންޓަރުގަ އެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ދާއިމީ މަންދޫބު ހުދާ އަލީ ޝަރީފް ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ދޭ އިސްކަން ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން، ޔޫއެންއެސްކެޕްއާ އެކު ގުޅުން ބަދަހިކޮށް، އެ ޖަމުއިއްޔާގެ މަސައްކަތްތަކުގައި އިތުރަށް ހަރަކާތްތެރިވުމަށް ދިވެހި ސަރުކާރުން ޝައުގުވެރިވާކަން ފާހަގަ ކުރައްވާފައިވެ އެވެ. އަދި، ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ޓަކައި ޔޫއެންއެސްކެޕްއާ އެކު އިތުރު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މި ބައްދަލުވުމުގައި އެގްޒެކެޓިވް ސެކްރެޓަރީ ވަނީ ދާއިމީ މަންދޫބު ހުދާ އަލީ ޝަރީފް އަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭގެ އިތުރުން ރާއްޖެ އިން އިސްކަންދޭ ކަންތައްތައް ކުރިއަރުވައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް، ޔޫއެންއެސްކެޕްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ޔޫއެންއެސްކެޕްއަކީ އޭޝިއާ-ޕެސިފިކް ސަރަހައްދުގެ 53 މެމްބަރު ގައުމު ހިމެނޭ ކޮމިޝަނެކެވެ. މި ކޮމިޝަންގެ މައިގަނޑު އަމާޒަކީ ސަރަހައްދީ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމެވެ. މީގެ ތެރޭގައި އެކި ޕްރޮގްރާމްތައް މެދުވެރިކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
ރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރު ގައުމަކަށްވީ 1971 ގަ އެވެ.
ދާއިމީ މަންދޫބު ހުދާ އަލީ ޝަރީފްއަކީ ރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރު ގައުމަކަށް ވީ ފަހުން އެސްކެޕް އަށް ކަނޑައެޅުއްވި ފުރަތަމަ ދާއިމީ މަންދޫބު އެވެ. އަދި، މިއީ އެ މަގާމަށް އެކަމަނާ ކަނޑައެޅުއްވި ދެ ވަނަ ފަހަރެވެ.
ދާއިމީ މަންދޭބު ހުދާ އަލީ ޝަރީފްގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެ ކަމަނާގެ އަރިހުގައި ތައިލޭންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލާ ޝަޖްނާ އިބްރާހީމް އިގުބާލް އަދި ސެކަންޑް ސެކްރެޓަރީ ސިޔާނާ ޝިޔާމް ބައިވެރިވެވަޑައިގަތެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް