މިއީ ފެށުމެއް، މައިކަޕަކީ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް - ބިއުޓިފުލް ބުލޫގެ އޯނަރ

ބިއުޓިފުލް ބުލޫގެ އޯނަރ މުޙައްމަދު ޔާމީން

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މިއަނެއްކާވެސް މިއަހަރު ބޭއްވުމަށް އިޢުލާންކޮށްފައިވާ މައިކަޕް އަކީ ރާއްޖޭގެ އެންމެ އުތުރު ދެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފޯރި ގަދަ ފުޓުބޯޅަ މުބާރާތް ކަމަށާއި، މިއީ ފެށުމެއް ކަމަށް މި އަހަރު މައިކަޕްގެ ޓައިޓަލް ސޮޕޮންސަރ ބިއުޓިފުލް ބުލޫގެ އޯނަރ ވިދާޅުވެއްޖެއެވެ.

ބިއުޓިފުލް ބުލޫގެ އޯނަރ މުޙައްމަދު ޔާމީން ވިދާޅުވީ، މައިކަޕްގެ ޓައިޓަލް ގަތުމަށް ނިންމީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށާއި، އެގޮތުން މިއީ ޒުވާނުން އެންމެ އިންތިޒާމު ކުރާ ފުޓުބޯޅަ މުބާރާތް ކަމަށެވެ.

އިހަވަންދޫ އަކީ ފުޓުބޯޅައިގައި ވަރަށް ފޯރިގަދަ ރަށެއްކަން ފާހަގަކޮށް ޔާމީން ވިދާޅުވީ މި މުބާރާތުގެ ސަބަބުން އިހަވަންދޫގެ ވިިޔަފާރިތަކަށްވެސް އެތައް ފައިދާއެއް ލިބެމުން ދާ ކަމަށާއި، ވޭތުވެދިޔަ 14 އަހަރުވެސް އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މައިކަޕްގެ 14 ވަނަ މުބަރާތް މިރޭ ރަސްމީިކޮށް އިއުލާންކޮށްފައިވާއިރު މިއީ ހއ،ހދ މި ދެ އަތޮޅަށް ހުޅުވާލައިިގެން ބާއްވާ އެންމެ ދުވަސްވީ އަދިި އެންމެ އަގުބޮޑު މުބާރާތެވެ. 4 އަހަރުގެ މެދު ކެނޑުމަކަށްފަހު މި މުބާރާތް މިއަހަރު އަލުން ބާއްވާއިރު މުބާރާތުގެ ޗެމްޕިއަން ޓީމަަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރަޕް ޓީމަަށް 35،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތް ހާއްޞަކޮށްފައިވަނީ ހއ އަދި ހދ މި ދެ އަތޮޅުގެ ހުރިހާ ކުލަބު ޖަމްޢިއްޔާތަކަށާއި، މުއައްސަސާތަކަށާއި ކުންފުނި ތަކަށެވެ. މީގެ އިތުރުން އިހަވަންދޫއަށް ނިޞްބަތްވާ ކޮންމެ ޓީމަކަށްވެސް މި މުބަރާތުގައިި ބައިވެރިވެވޭނެއެވެ.

މިއީ ޒުވާނުންްގެ އެންމެ މަޤުބޫލު ފުޓުބޯޅަ މުބާރާތް. އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މުބާރާތް. މިއަހަރުގެ އިންތިޒާމުތައް ބޮޑުތަނުން ރަނގަޅުވާނެ - ޕޯލްސްޓާރގެ ރައީސް ޝުޖާޢު ވިދާޅުވިއެވެ.

މުބާރާތުގަައި ބައިވެރިވާ ކޮންމެ ޓީމަކަށް ޓައިޓަލް ސްޕޮންސާރގެ ފަރާތުން 2000 ރުފިޔާގެ ފައިސާގެ އެހީއެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މައިކަޕް މުބާރާތަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޢަބްދުالله (މުޙައްމާ) ގެ އިސްނެގުމަކަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

---

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy