އާރުޓީއެލް ބަހަކަށް އަރަން މަޑުކޮށްގެން ތިބި ބައެއް: ފޮޓޯ/ އެމްޓިސީސީ
"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ސްކޭމެއް ހިންގަމުން އަންނާތީ އެކަމަށް ސަމާލުވާން އެމްޓީސީސީން މިއަދު އެދިއްޖެ އެވެ.
އެމްޓީސީސީން ބުނީ އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރު ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސައްކަތް އެ ޕޭޖުން ދަނީ ކުރަމުން ކަމަށާއި ނަމަވެސް އެ ހަރަކާތަކީ އެމްޓީސީސީ އާއި ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަމަށެވެ.
އެމްޓީސީސީގެ ފަރާތުން އައު ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފު ކުރާނަމަ، އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން އެ ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ އެވެ.
އެހެންކަމުން މިފަދަ ސްކޭމްތައް އާންމުވެފައިވާއިރު މި ކަންކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއި، އެފަދަ ފަރާތްތަކާ އެކު އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ނަސޭހަތްތެރިވެފަ އެވެ.
"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ފޭސްބުކްގައި ހިންގަމުންދާ ޕޭޖު ރިޕޯޓްކޮށް، މި ޕޭޖުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށާއި، މި ޕޭޖުން ފޮނުވާފައިވާ އެއްވެސް ލިންކެއް ބޭނުން ނުކުރުމަށް ސަމާލުވުމަށް އެންމެހާ ކަސްޓަމަރުނަށް އިލްތިމާސްކުރަން،" އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ވަނީ އެ ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ނުހައްގުން ފައިސާ ހޯދުމަށް ކުރާ އެ ފަދަ ނާތަހުޒީބު އަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ އެވެ. އަދި އެ ފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އިޔާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުން ކުރިމަތިވެދާނެކަން އެމްޓީސީސީން ފާހަގަކޮށްފައިވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް