ރައީސް ޑރ. މުޙައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީ ގެއާ އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ގ. ރަނައުރާގެއާގެ ހައްވާ ޔުމްނު ރަޝީދު، ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ހުށަހެޅި ރިޕޯޓު އެންމެންނަށް ފެންނާނޭހެން އާންމު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ. އެ ކޮމިޝަނުން މިއަދު ބުނިގޮތުގައި ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ނިންމައި އެ ރިޕޯޓް މިއަދު ވަނީ ރައީސްގެ އަތްޕުޅަށް އަރުވާފަ އެވެ.
ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަންގެ ރިޕޯޓް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު އެއްކޮށް، އެއްވެސް ބަދަލެއް ނުގެނެސް އާންމުކުރަން ކޮމިޝަނަށް އިރުޝާދު ދެއްވާފައި ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގިނަ ބާރުތަކަކާ އެކު ރައީސް އުފެއްދެވި މި ކޮމިޝަނުން ވަނީ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާއި ބެހޭ މުވައްޒަފުންނާ ބައްދަލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ކިބައިން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކޮށްފަ އެވެ.
މި ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓެވީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް