ޘައުރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ އުމްރާ ދަތުރުތަކަށް ފުރުސަތު ހުޅުވާލައިފި

ޘައުރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ އުމްރާ ދަތުރުތަކަށް ފުރުސަތު ހުޅުވާލުން —

ޘައުރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ޑިސެމްބަރު އަދި ރަމަޟާން އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި ފުރުސަތުގައި ޖޫން 30، ގެ ކުރިން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ހިންގުމަށް ވަނީ ނިންމާފަ އެވެ.

އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ގާދިރު ހުސައިން ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން، ޑިސެމްބަރު މަހުގެ 15 ދުވަހުގެ އުމްރާ ދަތުރު 25,500 ރުފިޔާއަށް ލިބޭނެ އެވެ. އަދި މުޅި ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް 42,500 ރުފިޔާއަށް ދަތުރު ކުރެވޭނެ އެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ ފަހު 15 ދުވަހާއި ޝައްވާލް މަހުގެ ހަ ރޯދަ ހިމެނޭ ދަތުރު 38,000 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

thytrererer.jpg

ގާދިރު، އިތުރަށް ވިދާޅުވި ގޮތުގައި، ޑިސެމްބަރު އުމްރާ އަށް ޖުލައި މަހުގެ ކުރިން އަދި ރަމަޟާން އުމްރާ އަށް އޯގަސްޓް މަހުގެ ކުރިން ރަޖިސްޓްރީ ކުރާ ފަރާތްތަކަށްވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ.

ޘައުރު ހައްޖު އެންޑް އުމްރާގެ ހިދުމަތްތަކުގެ ތެރޭގައި ފަސް އުމްރާ ކުރުމުގެ ފުރުސަތު، ދެކޮޅު ޓިކެޓް، ސައުދީ ވިސާ، މައްކާ، މަދީނާ އަދި ޠާއިފް ޒިޔާރަތް، ދިވެހި ކެއުން، މައްކާ އަދި މަދީނާގައި ހުރުން، ފިރިހެން ބޭފުޅުންނަށް އިހުރާމް އަދި އަންހެން ބޭފުޅުންނަށް ބުރުގާ ބެޖް، ދަތުރު ކާޑު، ދަތުރާ ބެހޭ ލުއި ފޮތް އަދި ދަތުރުގެ ބައްދަލުވުން ހިމެނެ އެވެ.

އޭގެ އިތުރުން ޠާއިފް ދަތުރު ހިލޭ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ އިއުލާން ކޮށްފައެވެ.

kiutr6trty.jpg

ޘައުރު ހައްޖު އެންޑް އުމްރާ އަކީ ތަޖުރިބާކާރު އުމްރާ ޓީމެއް ކަމަށާއި، ރާއްޖޭގެ މަޝްހޫރު އިލްމުވެރިންނާ އެކު މަސައްކަތް ކުރާ ކުންފުންޏެއްކަން އަބްދުލް ގާދިރު ފާހަގަ ކުރެއްވި އެވެ.

މި ދަތުރު ތަކާބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7948843 ނަންބަރާ ގުޅުމަށް އެކުންފުނިން އެދިވައިވެ އެވެ. 

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

2 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

58 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy