އެމްއޭސީއެލުން ގެނައި ޓޯބާލެސް ޓްރަކު: ފޮޓޯ/ އެމްއޭސީއެލް
ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި "ޓޯބާލެސް" ޓްރަކްގެ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
މިއީ އެމްއޭސީއެލުން މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ފައްޓާ ހިދުމަތެކެވެ.
ޓީޕީއެކްސް 200 އެމްޓީއެކްސް މޮޑެލްގެ މި ޓްރަކްއަކީ، މިހާރު ވައިގެ ސިނާއަތުގައި މަތިންދާ ބޯޓުތަކަށް ހިދުމަތްދިނުމުގައި ސަލަމާތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަކޮށްލެވޭ އަދި އަވަސް ހިދުމަތެއް ދެވޭނެ ގާބިލުކަން ލިބިފައިވާ ޓްރަކެކެވެ.
މި ޓްރަކް ވީއައިއޭގެ ގްރަންޑް އޮޕަރޭޝަންގައި ބޭނުން ކުރަން ފެށުމާއި އެކު، އޮޕަރޭޝަނަލް އެފިޝިއަންސީ 60 އިންސައްތައަށް އިތުރުވެ، މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސް ވެގެންދާނެ އެވެ.
މިއީ ޒަމާނީ ބަދަލުތަކާއި އެކު ތަރައްގީވަމުން އަންނަ އެއާޕޯޓްތައް ކަމަށްވާ ދުބާއީ، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވިލާތުގެ ކުރިއަރާފައިވާ އެއަރޕޯޓްތަކުގައި ބޭނުންކުރާ ޒަމާނީ ޓްރަކްކެވެ.
މިހާރު ބޭނުންކުރާ މިފަދަ ޓްރަކް ތަކާއި ހިލާފަށް މިމޮޑެލްގެ ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެ އެވެ. އަދި ހަމަ އެއާއި އެކު ކޯޑް ސީގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް އީގެ ހުރިހާ މަތިންދާ ބޯޓްތަކަށް ވެސް މި ޓްރަކްއިން ހިދުމަތް ދެވޭނެ އެވެ. މިއީ، މަރާމާތުކުރަންޖެހޭ ނިސްބަތާއި ހިންގުމުގެ ހަރަދު ކުޑަ ޓްރަކެއްވެސްމެ އެވެ.
މިޓްރަކް ބޭނުންކުރަން ފެށުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން، ހެޑް އޮފް ރޭމްޕް ސާވިސަސް އަލީ ޝަރީފް ވިދާޅުވީ، ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނައިރު، މަތިންދާ ބޯޓުތަކަށް ހިދުމަތްދޭ އުޅަނދުތަކަކީ ވެސް ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަވަސް ހިދުމަތްތަކެއް ދޭ އުޅަނދުތަކަށް ހެދުމަށް އެމްއޭސީއެލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެމްއޭސީއެލުން މިހާރުވަނީ މިޓްރަކް އޮޕަރޭޓްކުރުމަށް ހާއްސަ އަށް އޮޕަރޭޓަރުން ތަމްރީންކޮށްފަ އެވެ. މިވަގުތު ކުރަމުން އަންނަނީ ޓްރަކް އޮޕަރޭޓްކުރުމަށް ޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްތަކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ދަނީ މަތިންދާ ބޯޑުތަކަށާއި ޕަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އައު ޓާމިނަލްގެ މަސައްކަތް ނިންމާ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ބާރުދުވެލީގައި ދަނީ ކުރަމުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް