މުބާރާތުގެ ޓައިޓަލް އެއްބަސްވުމުގައި ސޮއި ކުރުން
ރާއްޖޭގެ އުތުރުގައި އެންމެ ދުވަސްވީ އެއް ފުޓުބޯޅަ މުބާރާތް، މަައިކަޕްގެ ޓައިޓަލް ސްޕޮންސަރޝިޕް އެއްބަސްވުމުގަައިި އިިހަވަންދޫގައިި ހިންގަމުން އަންނަ ވިޔަފާރިއެއްކަމުގައިިވާ ބިއުޓިފުލް ބްލޫ އިން ސޮއިކޮށްފިއެވެ.
މަައިިކަޕް އިންތިޒާމު ކުރާ ފަރާތް، ކުލަބު ޕޯލްސްޓާރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުލަބުގެ ރައީސް މުޙައްމަދު ޝުޖާއެވެ. ބިއުޓިފުލް ބުލޫގެ ފަރާތުން ސޮއިކުރެއްވީ ފިހާރައިިގެ އޯނަރ މުޙައްމަދު ޔާމީންއެވެ.
މައިކަޕްގެ 14 ވަނަ މުބަރާތް މިރޭ ރަސްމީިކޮށް އިއުލާންކޮށްފައިވާއިރު މިއީ ހއ،ހދ މި ދެ އަތޮޅަށް ހުޅުވާލައިިގެން ބާއްވާ އެންމެ ދުވަސްވީ އަދިި އެންމެ އަގުބޮޑު މުބާރާތެވެ. 4 އަހަރުގެ މެދު ކެނޑުމަކަށްފަހު މި މުބާރާތް މިއަހަރު އަލުން ބާއްވާއިރު މުބާރާތުގެ ޗެމްޕިއަން ޓީމަަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރަޕް ޓީމަަށް 35،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތް ހާއްޞަކޮށްފައިވަނީ ހއ އަދި ހދ މި ދެ އަތޮޅުގެ ހުރިހާ ކުލަބު ޖަމްޢިއްޔާތަކަށާއި، މުއައްސަސާތަކަށާއި ކުންފުނި ތަކަށެވެ. މީގެ އިތުރުން އިހަވަންދޫއަށް ނިޞްބަތްވާ ކޮންމެ ޓީމަކަށްވެސް މި މުބަރާތުގައިި ބައިވެރިވެވޭނެއެވެ.
މިއީ ޒުވާނުންްގެ އެންމެ މަޤުބޫލު ފުޓުބޯޅަ މުބާރާތް. އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މުބާރާތް. މިއަހަރުގެ އިންތިޒާމުތައް ބޮޑުތަނުން ރަނގަޅުވާނެ - ޕޯލްސްޓާރގެ ރައީސް ޝުޖާޢު ވިދާޅުވިއެވެ.
މުބާރާތުގަައި ބައިވެރިވާ ކޮންމެ ޓީމަކަށް ޓައިޓަލް ސްޕޮންސާރގެ ފަރާތުން 2000 ރުފިޔާގެ ފައިސާގެ އެހީއެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މައިކަޕް މުބާރާތަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޢަބްދުالله (މުޙައްމާ) ގެ އިސްނެގުމަކަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް