--
ރާއްޖެއިން ކުވެއިތަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު އަހުމަދު ސަރީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ކުވެއިތުގެ ހާރިޖީ ވަޒީރު އަބްދުالله އަލީ އަބްދުﷲ އަލް- ޔަހްޔާ އަށް މިއަދު އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުގެ މެންދުރު ކުވެއިތުގެ ފޮރިން މިނިސްޓްރީގަ އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ކުވެއިތުގެ ހާރިޖީ ވަޒީރާ އެކު ބޭއްވެވި ބައްދަލުވުމުގައި ސަފީރު އަހުމަދު ސަރީރު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކުވެއިތުގެ ލީޑަރޝިޕަށާއި، ކުވެއިތު ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރައްވާފަ އެވެ.
އަދި ރާއްޖެ އާ ކުވެއިތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް އިޝާރާތް ކުރައްވާ ތަރައްގީގެ ތަފާތު މަޝްރޫއު ތަކަށް ކުވެއިތުން ވެދޭ އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާ ކުރެއްވި އެވެ. އޭގެ އިތުރުން ރާއްޖެ އާއި ކުވެއިތާއި ދެމެދު އޮތް ގުޅުން އެ މަނިކުފާނުގެ ސަފީރުކަމުގައި އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ކަން އެރުވި އެވެ.
ކުވެއިތުގެ ހާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އައު ދައުރު ފެއްޓެވުމާއި ގުޅިގެން ސަފީރު ސަރީރު އަށް މަރުހަބާ ވިދާޅުވި އެވެ. އަދި ރާއްޖޭއިން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަ ކުރެއްވި އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް