ލޭ ހަދިޔާކުރުމާއި ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގަން އެއްބަސްވުމެއް

ފޮޓޯ/ ހެލްތް މިނިސްޓްރީ

ލޭ ހަދިޔާކުރުމާއި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ދަރިވަރުންގެ ޖަމުއިއްޔާތަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅިގެން ހެލްތު މިނިސްޓްރީ އާއި ކޮލެޖު/ ޔުނިވާސިޓީތަކާ އެކު މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޕްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ދަރިވަރުންގެ ޔޫނިއަންގެ ރައީސް އިބްރާހިމް މިޝަލް މޫސާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ދަރިވަރުންގެ ގުޅުމުގެ ރައީސް ހުސައިން އަރުބާން ފައްވާޒު އެވެ.

ވިލާ ކޮލެޖު ސްޓޫޑަންޓް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ރައީސް ހުސައިން ޖުނާން، މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ކޮމިއުނިޓީ އެންގޭޖްމަންޓްގެ ސްޕެޝަލިސްޓް ރައްޔާން އަބުދުލްރަހީމް، އެވެ.

އަދި ޒިކްރާ އިންޓަނޭޝަނަލް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ޑީން އޮފް ފެކަލްޓީ އޮފް ސައިންސް އެންޑް ހިއުމަނިޓިސް އާމިނަތު ޒޫޝާން ހުސައިން، އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއިއޯ އާދިލް ރަޝީދު އެވެ.

މިއެއްބަސްވުމުގައި މައިގަނޑު ފަސް ކަމެއް ހިމެނެ އެވެ.

އޭގެ ތެރޭގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ކެމްޕޭންތަކާއި،އުނގަންނައިދިނުމުގެ ތެރެއިންނާއި، އާންމުންގެ އެއްބާރުލުން ހޯދައިގެން ހިލޭސާބަހަށް ލޭ ހަދިޔާ ކުރުމަށް އެހީތެރިވެ، އެކަން ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، މުޖުތަމައުގެ އެހެން ފަރާތްތައް ގަވާއިދުން ހިލޭސާބަހަށް ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރުދިނުމާއި ލޭ ހަދިޔާ ކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ގައުމީ އިދާރާތަކާއި ކަމާގުޅޭ ޖަމުއިއްޔާތަކާ އެކު މަސައްކަތް ކުރުން ހިމެނެ އެވެ.

އަދި ފުރާނަ ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ހިލޭސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ލޭ ބޭނުންވާ އެންމެންނަށް ރައްކާތެރި، އިތުބާރުހުރި އަދި އެކަށީގެންވާ މިންވަރަށް ލޭ ލިބޭކަން ކަށަވަރު ކުރުމަށް އެކި ދާއިރާތަކާއި މުއައްސަސާތަކާ އެކު މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގަ އެވެ.

މި ދުވަހާއި ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިއަރަކީ ލޭދީގެން އުއްމީދެއް ދޭށެވެ. އެންމެން ގުޅިގެން ފުރާނަ ސަލާމަތް ކުރަމެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

44 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy