އިޒުރޭލުން ހިންގާ ޖަރީމާތައް ވަގުތުން ހުއްޓާލަން ދިވެހި ސަރުކާރުން ގޮވާލައިފި

ފޮރިން މިނިސްޓްރީ ބިލްޑިންގު: ފޮޓޯ/ އަވަސް

އިސްރާއީލުން އީރާންއަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް އީރާނަށް ހަމަލާ ދިނުމަކީ މެދުއިރުމަތީގެ ސުލްހައާއި، ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށާއި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތަށް ވެސް އިތުރަށް ނުރައްކާވާނެ ކަމަށެވެ.

"އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގާޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އީރާނަށް ދިން އެ ހަމަލާ އާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ސަބަބުން އަސަރުފޯރާނެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައިވަނީ އިސްރާއީލުން ހިންގަމުންދާ ގައިރު ގާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކޮށް، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށެވެ.

އިޒުރޭލުން އީރާނުގެ ނިއުކްލިއަ މަރުކަޒުތަކާއި، އަސްކަރީ މަރުކަޒުތަކަށް ދިން ނުރައްކާތެރި ހަމަލާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ.

އިސްރާއީލުން ރޭ ވަނީ އީރާނުގެ އަށް ސަރަހައްދަކަށް، މުޅިއެކު ފަސް ފަހަރެއްގެ މަތިން ހަމަލާ ދީފަ އެވެ.

ޔަހޫދީންގެ މި ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ ވެރިޔާ، މޭޖާ ޖެނެރަލް މުޙައްމަދު ބާގިރީ އާއި އައިއާރުޖީސީގެ އިސް ކޮމާންޑާ ޖެނެރަލް ހުސައިން ސަލާމީ އާއި އެ ގައުމުގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ވެރިޔާ ޖެނެރަލް ގުލާމް އަލީ ރަޝީދު މަރާލާފައިވެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy