ރައީސް މުއިއްޒު ޕީއެސްއެމަށް އިންޓަވިއުއެއް ދެއްވަނީ: ފޮޓޯ/ ރައީސް އޮފީސް
އިޒުރޭލުން އީރާނުގެ ނިއުކްލިއަ މަރުކަޒުތަކާއި، އަސްކަރީ މަރުކަޒުތަކަށް ދިން ނުރައްކާތެރި ހަމަލާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި އެވެ.
އިސްރާއީލުން ރޭ ވަނީ އީރާނުގެ އަށް ސަރަހައްދަކަށް، މުޅިއެކު ފަސް ފަހަރެއްގެ މަތިން ހަމަލާ ދީފަ އެވެ.
ޔަހޫދީންގެ މި ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ ވެރިޔާ، މޭޖާ ޖެނެރަލް މުޙައްމަދު ބާގިރީ އާއި އައިއާރުޖީސީގެ އިސް ކޮމާންޑާ ޖެނެރަލް ހުސައިން ސަލާމީ އާއި އެ ގައުމުގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ވެރިޔާ ޖެނެރަލް ގުލާމް އަލީ ރަޝީދު މަރާލާފައިވެ އެވެ.
މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ހަމަލާތައް ތަކުރާރު ވުމަކީ، ހަމައެކަނި އީރާނަށް އޮތް ބިރެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އަވަށްޓެރި ގައުމުތަކަށާއި، ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައީސްގެ މެސެޖުގައި ވަނީ މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް