ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ރައީސަށް ފަތްކޮޅު އަރުވަނީ: ފޮޓޯ/ ރައީސް އޮފީސް
ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އަރުވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން އޮތް ރަސްމިއްޔާތުތަކުގައި ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ފަލަސްތީނާއި އުޒްބަކިސްތާނާއި، ޒިމްބާބްވޭ އިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުންނެވެ.
މިއަދުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް، ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.
މި ރަސްމިއްޔާތުގައި ސަފީރުން ފަތްކޮޅު އެރުވުމުން ރައީސް މުއިއްޒު ވަނީ އައު ސަފީރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.
މިއަދު ރައީސަށް ފަތްކޮޅު އެރުވީ ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އިހާބް އިބްރާހީމް މުޙައްމަދު ހަލީލް، އާއި ޒިމްބާބް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި ނޮން- ރެޒިޑެންޓް ސަފީރު، ސްޓެލާ ނޮކޮމޯ، އަދި އުޒްބެކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ނޮން-ރެސިޑެންޓް ސަފީރު، ސަރްދޯ ރުސްތަމްބޭވް، އެވެ.
ރާއްޖެއާއި ފަލަސްތީނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، 4 އެޕްރީލް 1982 ގަ އެވެ. ރާއްޖެއާއި ޒިމްބާބްވޭއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، 7 ޖަނަވަރީ 1987 ގަ އެވެ. އަދި ރާއްޖެ އާއި އުޒްބެކިސްތާނާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1994 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް