ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަން ކުރައްވައި، މިއަދު މަގާމުގެ ފަތްކޮޅު އަރުވަނީ: ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކޮމިޝަނާ އޮފް ޕޮލިސްކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އޭނާއަށް މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު، އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ ނަވީން އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ދިން މުއްދަތުގައި އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝަމީމްއެވެ.
އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު، ނިމި ދިޔަ ހަފުތާގައި ލަފާ ދެއްވީ އެ ތިން ބޭފުޅުންގެ ވެސް ޝަރުތުހަމަވާ ކަމަށެވެ.
ނަވީން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. އޭނާ ވަނީ ފުލުހުންގެ ކޯޕަރޭޓް ސާވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ސެންޓްރަލް ޕޮލީސިން ކޮމާންޑްގެ ވެރިޔާގެ މަގާމާއި، ފޮރެންސިކް ސާވިސަސް ޑިރެކްޓަރޭޓް މަގާމު ފުރުއްވާފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލާ އޮފް ލޯ ހާސިލު ކުރައްވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް