މަރުހޫމް ފަރީދުގެ އާއިލާއަށް ރައީސް މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައި : ފޮޓޯ/ ރައީސް އޮފީސް
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހީމް ފަރީދު އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ޝައިހް ފަރީދު އަވަހާރަވީ ހިދުމަތް ޖަމުއިއްޔާގެ ޓީމަކާއެކު މިއަދު މެލޭޝިޔާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވެއްޓުނުތާ އިރުކޮޅެއްގެ ތެރޭގަ އެވެ.
ޝައިހް، އަވަހާރަވުމާ ގުޅިގެން ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ފަރީދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުއެކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ދީނީ އިލްމު ވެރިޔާ މަރްހޫމް ޝައިހް އިބްރާހީމް ފަރީދަކީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަ ކުރައްވަމުން ގެންދެވި ހުލްގު ހެޔޮ، އަޅުވެރިއެއް ކަމަށެވެ.
އަދި ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ފަރީދު އަދާ ކުރެއްވި ހީވާގި އަދި ހިތްވަރު ގަދަ ދައުރުގެ ހަނދާން ތަކަށް ނިމުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
"މަރްޙޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވާ، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލަހައްޓަވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި،" ރައީސް ދުއާ ކުރައްވާފައިވެ އެވެ.
ޝައިހް ފަރީދު އަވަހާރަވުމާ ގުޅުވައިގެން އިސްލާމިކް މިނިސްޓްރީން ބުނީ ފަރީދު އަވަހާރަވުމަކީ އިސްލާމީ ދައުވަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ފަރީދަކީ އިސްލާމީ ދައުވަތުގެ މައިދާނުގައި ފާހަގަ ކޮށްލެވިފައިވާ އިލްމުވެރިއެއް ކަމަށާއި އަދި ނުހަނު ހިދުމަތްތެރި ހިތްވަރު ގަދަ ޝަހުސިއްޔަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް