ހައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެ ކަނބަލުން ފުރާވަޑައިގަތުން --
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންނަށް އަލްވަދާއު ވިދާޅުވީ ޖިއްދާގެ ގަވަރުނަރު ޕްރިންސް ސައުދު ބިން އަބްދުﷲ ބިން ޖަލާވީ އަލް ސައުދު، ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއުދާ ބައްދަލުކުރެއްވި އެވެ.
އަލް-މިނާ ޕެލަސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސައުދީ ސަރުކާރުން ދެމުން އަންނަ މެހުމާންދާރީގެ އިތުރުން އެއްބާރުލުމަށް ޓަކައި އަދި އެންމެހައި ހައްޖާޖީންނަށް ފޯރުކޮށްދިން ފުރިހަމަ ހިދުމަތް ފާހަގަ ކުރައްވާ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ ރަސްގެފާނު ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށް، ނިހާޔަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އަދި ރާއްޖެ އާއި ސައުދީއާ، ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އެގޮތުން ދެ ގައުމުގެ މެދުގައި އޮންނަ އުހުއްވަތްތެރި ގުޅުން، ދެ ގައުމަށް ވެސް ފައިދާ ކުރާނޭހެން ބަދަހި ކުރުމަށް ކުރެވިދާނޭ ކަންތައްތަކާ މެދު ދެ ބޭފުޅުން ހިޔާލު ބަދަލު ކުރެއްވި އެވެ.
މި ދަތުރުފުޅުގައި ސައުދީގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ، ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ ވަނީ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. އޭގެ އިތުރުން ދިވެހި ހައްޖާޖީންނާ ވެސް ރައީސް ބައްދަލުކުރެއްވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް