ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް --
އަރުމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހްލޫފް، ހާސިލުކުރި ތާރީހީ ކާމިޔާބީ ފާހަގަކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވިކަމީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ލައިބާގެ ބައްޕަ، އަދި ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
"އަރުމޭނިއަން ޔޫތު އޯޕަން 2025"ގައި ވާދަކޮށް ލައިބާ ވަނީ ތިން ކެޓަގަރީއަކުން ރަން މެޑެލް ހޯދާފަ އެވެ. މިއީ ބައިނަލް އަގުވާމީ ޖޫނިއާ ބެޑްމިންޓަށް މުބާރާތަކުން ދިވެހި އެތްލީޓަކު ރާއްޖެއަށް ރަން މެޑަލް ހޯދަދިން ފުރަތަމަ ފަހަރެވެ.
ލައިބާގެ މި ފަހުރުވެރި ކާމިޔާއަށް މަރުހަބާ ދަންނަވާ ރައީސް ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތައް އެދިވަޑައިގަންނަވާ ކަމަށާއި އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް ވެސް ރައީސް ވަނީ ހިތްވަރު ދެއްވާފަ އެވެ.
ރައީސް، ލައިބާއަށް ދެންނެވި މަރުހަބާއާ ގުޅިގެން މަހުލޫފް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ލައިބާ ރާއްޖެ އަށް ހޯދައިދިން ތާރީހީ ކާމިޔާބީ ފާހަގަ ކުރައްވާ ރައީސް މަރުހަބާ ވިދާޅުވިކަމީ ލައިބާއަށާއި އާއިލާއަށް ލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްވަރެއް ކަމަށެވެ.
މަހުލޫފް ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކާއި އަދި ގައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަ ކުރައްވައި، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ހިމަނުއްވައިދެއްވި ކަމަށް ޓަކައި މަނިކުފާނަށް އަދި ކުޅިވަރާއިބެހޭ ވަޒީރު ރާފިއުއަށް ވަރަށް ބޮޑަށް ޝުކުރު ދަންވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް