ލައިބާ އަހުމަދު މަހުލޫފް --
އަރުމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފް، ހާސިލުކުރި ކާމިޔާބީ އަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލައިބާ ވަނީ "އަރުމޭނިއަން ޔޫތު އޯޕަން 2025"ގައި ވާދަކޮށް ތިން ކެޓަގަރީއަކުން ރަން މެޑެލް ހޯދާފަ އެވެ. މިއީ ބައިނަލް އަގުވާމީ މުބާރާތަކުން ދިވެހި އެތްލީޓަކު ރާއްޖެއަށް ރަން މެޑަލް ހޯދަދިން ފުރަތަމަ ފަހަރެވެ.
ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ބައިނަލް އަގުވާމީ މުބާރާތަކުން ތިން ރަން މެޑަލް ހާސިލު ކޮށްފައިވާތީ، ލައިބާއަށް ސާބަހާއި މަރުހަބާ ވިދާޅުވެ ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވިދާޅުވެފައިވެ އެވެ.
"ބައިނަލްއަގުވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް، އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް،" ރައީސްގެ ޕޯސްޓުގައިވެ އެވެ.
ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތައް އެދިވަޑައިގަންނަވާ ކަމަށާއި އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް ވެސް ރައީސް ވަނީ ހިތްވަރު ދެއްވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް