ރައީސް ޑރ. މުޙައްމަދު މުއިއްޒު --
ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ އަޅުގަނޑުމެންގެ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި އެކްސް ޕޯސްޓެއްގައި ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް، ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށާއި އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މައިގަނޑު ބައެއް ކަމަށެވެ.
"ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން، އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މައިގަނޑު ބައެއް، މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި އެހެނިހެން ގޮތްގޮތުން އަޅުގަނޑުމެން ދިރިތިބުމަށް އެހީތެރިވެދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތައް ހޫނުވަމުން ގޮސް، މަސްތަކުގެ ސްޓޮކަށް ބަދަލު އައިސް، ގޮނޑުދޮށްތައް ގިރަމުންދާ ކަމަށެވެ.
"މި ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގައި، އަޅުގަނޑުމެން އެންމެންނަށް ދިރިތިބުމަށް އެހީތެރިވެދޭ ކަނޑު ދެނެގަތުމަށާއި، އިހުތިރާމު ކުރުމަށާއި އަދި ރައްކާތެރި ކުރުމަށް އަޅުގަނޑުމެންގެ އަޒުމް އައު ކުރަމާ ހިންގަވާށެވެ،" ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް