ލިންކު ރޯޑުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުން ދުއްވި ސައިކަލް: ފޮޓޯ/ޕޮލިސް
ލ. ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ބުނީ ލ. ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް ރޭގެ 7:03ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ.
އެގޮތުން ސައިކަލް ދުއްވަން އިން އުމުރުން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި، ބޯ ފެޅި އިތުރު އަނިޔާވެފައިވާ ކަމަށާއި އަދި ފަހަތުގައި އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބޯ ދެ ތަނަކުން ފެޅި، ކަނާތު ފައި ދެ ތަނަކުން ބިނދި އޭނާއަށް ވެސް އިތުރު އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެންމީހާއަށް އަނިޔާވެފައި ނުވި ނަމަވެސް، އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް އެކި ވަރުގެ ގެއްލުންވެފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް