ސައުދީގެ ވަލީއަހްދުއާ، ރައީސް މުއިއްޒު ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާ ބައްދަލުކުރައްވައިފި އެވެ.
އަލް-މިނާ ޕެލަސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސައުދީ ސަރުކާރުން ދެމުން އަންނަ މެހުމާންދާރީގެ އިތުރުން އެއްބާރުލުމަށް ޓަކައި އަދި އެންމެހައި ހައްޖާޖީންނަށް ފޯރުކޮށްދިން ފުރިހަމަ ހިދުމަތް ފާހަގަ ކުރައްވާ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ ރަސްގެފާނު ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށް، ނިހާޔަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެ އާއި ސައުދީއާ، ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ދެ ގައުމުގެ މެދުގައި އޮންނަ އުހުއްވަތްތެރި ގުޅުން، ދެ ގައުމަށް ވެސް ފައިދާ ކުރާނޭހެން ބަދަހި ކުރުމަށް ކުރެވިދާނޭ ކަންތައްތަކާ މެދު ދެ ބޭފުޅުން ހިޔާލު ބަދަލު ކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސައުދީ އަރަބިއްޔާގަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް