ލުބުނާނުގެ ބޯޑަރު ކައިރީގައި އިޒްރޭލުގެ އުތުރުގައި އޮންނަ ކިރިޔަތު ޝްމޯނާގައި ހިޒްބުالله އިން ފޮނުވާލި ރޮކެޓެއް އަމާޒުވި ގެއަކަށް އިޒްރޭލު ސިފައިންގެ މީހަކު އެ ގޭ ޗެކް ކުރަން ވަންނަނީ. ފޮޓޯ: އޭއެފްޕީ
ގުދުސް (19 ޖޫން 2024): ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް އަނެއްކާވެސް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ. ހިޒުބުﷲ އިން މި ހަމަލާދިނީ "ހަނގުރާމާގައި ހިޒުބުﷲ ފަނާކޮށްލާނެ" ކަމުގެ އިންޒާރު އިސްރާއީލު ސިފައިން ދީފައިވަނިކޮށެވެ.
ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ކުއްލި ހަމަލާއާ ގުޅިގެން ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ހަމާސް ޖަމާއަތުގެ ބައިވެރިއެއް ކަމަށްވާ ހިޒްބުالله އާއި އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ބަޑީގެ ހަމަލާތައް ބަދަލުކުރަމުންނެވެ.
ލުބްނާނުގެ ކިރިޔާތު ޝްމޯނާ ސަރަހައްދާ ދިމާލުން ގާތްގަނޑަކަށް 15 މިސައިލެއް ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް މިސައިލުތައް އިސްރާއީލުގެ ޑިފެންސް ފޯހުގެ އޭރިއަލް ޑިފެންސް ޔުނިޓުން ހުއްޓުވާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ގައުމުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ޓަޔާރު ސަރަހައްދުގައި ހުންނަ ހިޒްބުالله ގެ އަސްކަރީ އިމާރާތްތަކަށާއި ލުބުނާނުގެ ކިއާމްގައި ހުންނަ ހިޒުބުﷲގެ މަރުކަޒުތަކަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.
ހިޒްބުالله އިން ބުދަ ދުވަހު ބުނީ، ޔަރޫން އާއި ޚިއާމަށް އިސްރާއީލުގެ ދުޝްމަނުން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުގެ އުތުރުގެ ކިރްޔަތު ޝްމޯނާ ސަރަހައްދުގައި ހުންނަ އިސްރާއީލު ސިފައިންގެ މަރުކަޒުތަކަށް ކަޓިއުޝާ ބުރޭންޑްގެ އެތައް ރޮކެޓާއި ބަޑީގެ އެތަކެއް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށެވެ. ކަޓިއުޝާ ރޮކެޓް އެންމެ ފުރަތަމަ ބޭނުން ކުރީ ސޯވިއޭޓް ޔޫނިއަން އިން ދެވަނަ ބޮޑު ހަނގުރާމާގައެވެ.
ލުބުނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީން ބުދަ ދުވަހު ރިޕޯޓްކޮށްފައިވަނީ، އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާދީފައިވާ ކަމަށާއި، އޭގެ ތެރޭގައި ޔާރޫން އާއި ޚިއާމް ރަށްތަކަށް ވެސް ހިމެނޭކަމަށެވެ.
ޝީއީ މުސްލިމް މޫވްމަންޓުން ބުނީ، އެ ޖަމާއަތުގެ ހަތަރު ހަނގުރާމަވެރިއަކު އިޒްރޭލުގެ އުތުރުގެ މެޓޫލާ ސަރަހައްދުގައި ތިބި އިސްރާއީލުގެ ސިފައިން ދިން ޑްރޯން ހަމަލާއެއްގައި މަރުވެފައިވާ ކަމަށެވެ.
މި ހަމަނުޖެހުން ހިނގާފައި މިވަނީ ލުބުނާނުގައި ހަމަލާއެއް ހިންގުމުގެ އޮޕަރޭޝަނަލް ޕްލޭންތައް ފާސްކޮށްފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނިތާ އެއް ދުވަސް ފަހުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް