ފަތިސްވުމުގެ ކުރިން ހުރިހާ ހައްޖުވެރީންނަށް އަރަފާތަށް ވަދެވޭނެ: ޝަކީލް

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް، ހައްޖުވެރީންނާ ހިނިތުންވުމާއެކު ވާހަކަދައްވަނީ: ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރީން މިހާރު ތިބީ މައްކާ ޓެންޓުތަކުގައި ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ސައުދީއަށް ދިޔަ 1000 ހައްޖުވެރީން މިހާރު ތިބީ މައްކާގަ އެވެ.

ހައްޖުވެރީން އަރަފާތަށް ދިއުމަށް ފުރުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ. އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރީން މުޒްދަލިފާގައި ރޭ ކުރާނެ އެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ.

މައްކާގައި ހުންނަވާ، ޝަކީލް މީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ ހުރިހާ ހައްޖުވެރީން މިހާރު ތިބީ މައްކާގެ ޓެންޓުތަކުގައި ކަމަށެވެ. އަދި ހައްޖުވެރީންގެ ހާލު ރަނގަޅު ކަމަށާއި އިޝާނަމާދަށް ފަހު މިނާ ތެރެއަށް ބަސްތައް ވަނުމުގެ ހުއްދަ ލިބުމާއެކު ހައްޖު ކޯޕަރޭޝަންގެ ބަސްތައްވެސް މިނާ ތެރެއަށް ވަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުއްމީދާއެކު މަސައްކަތް މި ކުރަނީ މިރޭ ފަތިސްވުމުގެ ކުރިން ހުރިހާ ހައްޖުވެރީން އަރަފާތަށް ވަދެ ނިންމާލެވޭނެ ކަމަށް، އަރަފާތުގައި ހައްޖުވެރީން ތިބެން ހަމަޖެހިފައިވާ ޓެންޓުތައް ވަނީ ނިމިފައި، އަދި މިނާއެކޭ އެއްގޮތަށް އަރަފާތުގައި ވެސް ކެއުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ބުފޭ،" ޝަކީލް ވިދާޅުވި އެވެ.

ހައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއް ފަހަރު ކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން 5 ވާ ބުރާސްފަތި ދުވަހެވެ

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

52 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy