ހައްޖުގައި ތިބޭ މުއްދަތު ކުރުކޮށްލި ކަމަށް ބުނާ ވާހަކަ މިނިސްޓަރު ޝަހީމް ވަނީ ދޮގުކުރައްވާފައި: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހައްޖުގައި ތިބޭ މުއްދަތު ސަރުކާރުން ކުރުކޮށްލި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި އެވެ.
ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް މީހުން ގެންދާ މުއްދަތު 15 ދުވަހަށް ކުޑަ ކޮށްފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
މިކަމާ ގުޅުވައިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލި ކަމަށް ބުނެ ދައްކަމުންދާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން އެ މަނިކުފާނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިތުރަށް ސާފު ކޮށްދެއްވަމުން ޝަހީމް ވިދާޅުވީ، އެއް ފްލައިޓުގައި އައި މީހުން 18 ދުވަސް، އަދި އަނެއް 3 ފްލައިޓުގެ މީހުން 19 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖަށްދާ މީހުން މީގެ އަހަރު ތަކެއް ކުރިން 30 ދުވަހު ތިބޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް މި ފަހު އަހަރު ތަކުގައި އާންމުކޮށް ހޭދަ ކުރަނީ 22 އާއި 25 ދުވަހާ ދެމެދު މުއްދަތެއްކަން ފާހަގަ ކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެއީ ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރިދާ ދާތީވެ ކަމަށެވެ.
"ނަމަވެސް މި ފަހަރު ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާ ގޮތަށް ހަމަޖައްސާފައި ވަނީ ހައްޖުވެރީންގެ ރައްކާތެރި ކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްހަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިއާޔަތް ކުރުމުގެ ގޮތުން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވަނީ ގައުމީ މިފަދަ ކަން ކަންކަމުގައި ހަގީގަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާ މެދު މަޝްވަރާ ކޮށްގެން ހައްލެއް ހޯދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވާފައިވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް