ފުލުހުންގެ "ރައްކާ" ކެންޕޭންގައި އެމްޓީސީސީން އެއްބާލުން ދެނީ

ފުލުހުންގެ "ރައްކާ" ކެންޕޭންގައި އެމްޓީސީސީން އެއްބާލުން ދިނުމަށް އެއްބަސްވުން: ފޮޓޯ/ އެމްޓީސީސީ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރިއަށް ގެންދާ "ރައްކާ ކެންޕެއިން"ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. ފުލުހުންގެ އިދާރާއިން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން އެވެ.

އެމްޓީސީސީން ބުނީ މި ޕްރޮގްރާމުގެ ތެރެއިން، އެ ކުންފުނީގެ ފަރާތުން މަސައްކަތް ކުރާނީ މުޖުތަމައު ތެރޭގައި އުޅޭއިރު ޓްރެފިކް ގަވާއިދުތަކާއި ގާނޫނު ތަކަށް އިހުތިރާމު ކުރުމާއި އެކަމުގެ މުހިންމުކަން އިތުރަށް އަންގައިދީ އޮޅުންފިލުވައިދިނުމަށް ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން މި ކެންޕެއިންގެ ތެރެއިން އެކި އުމުރުފުރައިގެ މީހުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މުހިންމު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

ފުލުހުން ކުރިއަށްގެންދާ "ރައްކާ ކެންޕެއިން"ގެ މައިގަނޑު މަގުސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތީގައި ހިނގައި އެކްސިޑެންޓު ތަކުގެ އަދަދު މަދު ކުރުމެވެ. މި ކެންޕެއިންގައި ބައެއް ކުންފުނިތަކުން އަންނަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy