އެމްޑީ ފަހުމީ ރީޑިން ނެގުމުގައި ބައިވެރިވަނީ: ފޮޓޯ/ ސްޓެލްކޯ
މިދިޔަ މޭ މަހުގެ ކަރަންޓު ބިލުތައް ތައްޔާރު ކުރާނީ އަގުހެޔޮ ޓެރިފް ރޭޓުގައި ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓު މި މަހުގެ 1 އިން ފެށިގެން ދަށްކުރާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ.
ރައީސް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ތަންފީޒު ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ދަންނަވާފައިވާނެ ކަމަށެވެ.
ސްޓެލްކޯއިން ރޭ ބުނީ ރައީސްގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރު ކޮށްފައިވާނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ. އަދި މި ބަދަލާއެކު، ކަރަންޓު ބިލު ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"ރައީސް މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލު ތަކެއްވެސް ތައްޔާރު ކުރެވިގެންދާނީ އައު ޓެރިފްރޭޓްތަކަށް ކަމުގެ ޔަގީންކަން އަރުވަން،" ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ޓެރިފް ރޭޓުތަކަށް ގެނައި ބަދަލުތައް:
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދިނުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދީ، ވަކި މިންވަރެއް މައާފު ވެސް ކޮށްދެއްވާފަ އެވެ.
އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅު ތަކުގެ ތެރެއިން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ވެސް ވަނީ މައާފުކޮށްދީފަ އެވެ.
މިއަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލު ތަކަށް ދިން ޑިސްކައުންޓުގެ އިތުރުން، މިދިޔަ އޭޕްރީލް ގައި ވެސް، ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރި މިންވަރު އިތުރުވެފައި ވާތީ، ގޭބިސީ ތަކުގެ ކަރަންޓު ބިލު ތަކަށް ބޮޑު ލުޔެއް ސަރުކާރުން ދިންކަން ފާހަގަކޮށްލެވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް