މިދިޔަ އަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން: ފޮޓޯ/ ހަތާވީސް
މިއަހަރުގެ އަޟްހާ އީދު ނަމާދު، މާލެ ސަރަހައްދުގެ 4 ތަނެއްގައި އަދި މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ 24 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދަށް ވަނީ ޖޫން 6 ވާ ހުކުރު ދުވަހެވެ. އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00ގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި އަޟްހާ އީދު ބޮޑު ޖަމާއަތް ހެދުމަށް ޓަކައި ހަތަރު މައިދާނެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ސަރަހައްދެވެ.
މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތް ހެދުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ އިތުރުން މަތީގައި ބަޔާން ކުރެވިފައިވާ މިސްކިތްތަކުގައި އީދު ނަމާދު ކުރުން ކުރިއަށް ދާނެ ކަމަށެވެ.
ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަހައްދުގައި، އީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް