ސިފައިންގެ އަހަރީ ދުވަހުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުން: ފޮޓޯ/ ރައީސް އޮފީސް
ރާއްޖޭގެ ދިފާއީ ބާރުގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ގައްސާން މައުމޫން ތާރީފު ކުރައްވައި، އައްސަރިބަހާއި ސާބަސް ރައްދު ކުރައްވައިފި އެވެ.
ގައްސާން މި ފަދައިން ރައީސަށް ތައުރީފު ކުރެއްވީ، އޮސްޓްރޭލިއާ އާއި ރާއްޖޭއާ ދެމެދު އޮތް ހަރުދަނާ ގުޅުމުގެ ރަމްޒެއްގެ ގޮތުން ރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާ ކުރުމަށް އެ ގައުމުން ނިންމުމާ ގުޅިގެން އެ މަނިކުފާނަށް ޝުކުރު ދެންނެވުމުގެ ގޮތުން ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.
ރާއްޖެއަށް އޮސްޓްރޭލިޔާއިން ހަދިޔާ ކުރަނީ ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެކެވެ.
ގައްސާންގެ ޕޯސްޓުގައި ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރު ކޮށްދެއްވުމަށް ރައީސް މުއިއްޒު ކުރައްވާ ބުރަ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަހާއި ޝުކުރު ދަންނަވާ ކަމަށެވެ.
"ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރު ކޮށްދެއްވުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަހާއި ޝުކުރު ހިތުގެ ފުންމިނުން ހިފެހެއްޓުމެއް ނެތި ދަންނަވަން،" ގައްސާން ވިދާޅުވި އެވެ.
މި އުޅަނދު ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމުމުން، ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މި އުޅަނދުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުން ވަރުގަދަކޮށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހިންގާ އަމަލުތައް ހުއްޓުވުމުގައި ވެސް މި އުޅަނދު މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި އުޅަނު ބަނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، ރާއްޖެއާ ހަމައަށް އަޅުނދު ފޯރާވަރު ވާނީ އަންނަ އަހަރު އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް