މިދިޔަ އަހަރު އީދަށް މާލެ ދިއްލުން: ފޮޓޯ/ ދިޔަރެސް
މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރަން ރާއްޖޭގެ 65 ރަށެއްގައި އީދު ލައިޓް ދިއްލާނެ ކަމަށް ލޯކަލްގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ބޮޑު އީދުގައި، 1445 ވަނަ އަހަރު އީދު ލައިޓް ފޮނުވި 29 ރަށާއި 1446 ވަނަ އަހަރު އީދު ލައިޓް ފޮނުވި 36 ރަށާ އެކު ޖުމުލަ 65 ރަށުގައި އީދުލައިޓް ދިއްލާނެ ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ހުރިހައި ސިޓީތަކާއި، އަތޮޅުގެ މައި ރަށާއި އަދި ކޮންމެ އަތޮޅެއްގެ އާބާދީގެ ގޮތުން އެންމެ ބޮޑު ދެ ރަށް އީދުގައި ދިއްލޭނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިފަހަރު އީދު ލައިޓް ދިއްލަން ހަމަޖެހިފައިވަނީ ރަށްރަށުގެ ތެރޭގައި ހއ. އިހަވަންދޫ، ހޯރަފުށި، ހދ. ހަނިމާދޫ، ނޮޅިވަރަމް، ށ. މިލަންދޫ، ފޯކައިދޫ ނ. ވެލިދޫ، ހޮޅުދޫ، ރ. ދުވާފަރު، އަލިފުށި، ބ. ތުޅާދޫ، ހިތާދޫ، ޅ. ހިންނަވަރު، އަދި އެ އަތޮޅު ކުރެންދޫ ހިމެނެ އެވެ.
މީގެ އިތުރުން ކ. ކާށިދޫ، މާފުށި، އއ. ތޮއްޑޫ، އުކުޅަސް، އދ. މާމިގިލި، ދަނގެތި، ވ. ކެޔޮދޫ، ފުލިދޫ، މ. މުލައް، ކޮޅުފުށި، ފ. ބިލެއްދޫ، ދ. މީދޫ، މާއެނބޫދޫ، ތ. ތިމަރަފުށި، ވިލިފުށި، ލ. ގަން، މާވަށް، ގއ. ދާންދޫ، ގެމަނަފުށި، ގދ. ގައްދޫ އަދި އެ އަތޮޅު މަޑަވެލީގައި ވެސް އީދު ލައިޓް ދިއްލާނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ޖޫން 6 ވާ ހުކުރު ދުވަހެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް