މާލެ ސިޓީ: ފޮޓޯ/ އަވަސް
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނިކޮށް، މުޅި މާލެއަށް އަލުން ކަރަންޓު ދީފި އެވެ.
ކަރަންޓުގެ ހިދުމަތް ކެނޑުނީ މިއަދު ގާތްގަނޑަކަށް 12:30 ހާއިރު އެވެ.
މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނުތާ ފަސް ގަޑިއިރު ފަހުން، ދާދި ދެންމެއަކު ސްޓެލްކޯއިން ބުނީ މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ، ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަހައްދުގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއް ފިޔަވާ، އެހެން ހުރިހާ ޓްރާންސްފޯމަރެއް މިހާރު އެޖަނައިޒް ކުރެވިފައިވާ ކަމަށެވެ.
މި ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގައި ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ ސްޓެލްކޯގެ އެމަޖެންސީ ނަންބަރު، 104 އަށް ގުޅުމަށް ވެސް އެ ކުންފުނިން އެދިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން މިއަދު ނޫސްވެރިންނަށް މައުލޫމު ދެމުން ބުނީ ކަރަންޓު ކެނޑެން ދިމާވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށާއި މުޅި މައްސަލަ ހައްލު ކުރުމަށްފަހު، އެކަން ބަލައި ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގައިފަ އެވެ.
އަދި އެ ފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވާފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް