ލުއި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް

ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފު ރޭޓު ކުޑަކޮށްދެއްވީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެއްވުމަށް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަގީންކަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ.

ޕީއެސްއެމަށް ދެއްވި އިންޓަވިއެއްގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ ކުންފުނިތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަންހުރިކަން ފާހަގަ ކުރައްވާފަ އެވެ.

"މީ ރާއްޖޭގެ ތާރީހުގައި އަޅުގަނޑަށް އެނގިގެން ފުރަތަމަ ފަހަރު، މި ކަހަލަށް ކަމެއް ކުރި، މިކަން އަޅުގަނޑު މި ކުރީ ވަރަށް ސިމްޕަލްކޮށް، އަޅުގަނޑު ބޭނުމެއް ނޫން ކުންފުނި ތަކުގެ އިންއެފިޝަންސީ ނޫނީ، ސަރުކާރުން އެނާޖީ ޕޮލިސީ މެނޭޖު ކުރުމުގައި ހުރި މައްސަލަ ތަކެއްގެ ބާޑަން، ރައްޔިތުން ނަގާކަށް، ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ އިންޓަވިއުގައި ވަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ސަރުކާރުން ފުޅާ ދާއިރާއެއްގައި އިންވެސްޓް ކުރައްވާނެކަން ތަކުރާރު ކުރައްވާފަ އެވެ.

އެގޮތުން 2028 ވަނަ އަހަރާ ހިސާބަށް ދާއިރު، ރާއްޖޭގައި ބޭނުން ކުރާ ހަކަތައިގެ 30 އިންސައްތައަކީ އިޔާދަކުރަނިވި މަސްދަރު ތަކުން ހޯދާ ހަކަތަ އަށް ހެދުމުގެ އަމާޒާ އެކު، ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތައް ހަރުދަނާ ކުރުމުގެ ތެރެއިން، ކަރަންޓު ޓެރިފު ރޭޓު ކުޑަ ކުރުމުގެ ކަންކަން ދެކޮޅުޖައްސަވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކަރަންޓު ބިލުތަކުން ރައްޔިތުންނަށް ލުއި ދިނުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދީ، ވަކި މިންވަރެއް މައާފު ވެސް ކޮށްދީފަ އެވެ.

އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން އަޅަމުން ގެންދަވާ ފިޔަވަޅު ތަކުގެ ތެރެއިން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މައާފުކޮށް ދީފައިވާކަން ވެސް ފާހަގަ ކޮށްލެވެ އެވެ.

މި އަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލްތަކަށް ދެއްވި ޑިސްކައުންޓުގެ އިތުރުން، ޖެހިގެން އައި އޭޕްރީލް މަހުގައި ވެސް، ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރި މިންވަރު އިތުރުވެފައި ވާތީ، ގޭބިސީތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ސަރުކާރުން ދިނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

18 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy