ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ރައްޔިތުންނަށް ދަނީ ފެންނަމުން: ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ --

ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ރައްޔިތުންނަށް މިއަދު ފެންނަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިހެން ވިދާޅުވީ ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފު ރޭޓު ކުޑަކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ނިންމެވުމާ ގުޅުވައިގެން އެ މަނިކުފާނަށް މަރުހަބާ އާއި ޝުކުރު ދަންނަވާ، ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ފަހުމީ ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި ކަށަވަރުވަމުން އަންނަ ކަމަށެވެ.

"ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައި ނުވާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ވަނީ ކުރައްވައި، އެކަން ރަސްމީކޮށް އިއުލާން ކުރައްވާފައި،" ފަހުމީ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަ ކުރުމުގެ ކަންކަން ތަންފީޒު ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ.

އަދި އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގަމުން އަންނަ އަދަދާއި އަގު ހެޔޮކުރުމުން ނަގާނެ އަދަދު ވެސް ހިމަނުއްވައިފައިވެ އެވެ.

އެއީ:

eewedeeee.jpg

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދިނުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދީ، ވަކި މިންވަރެއް މައާފު ވެސް ކޮށްދެއްވާފަ އެވެ.

އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅު ތަކުގެ ތެރެއިން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ވެސް ވަނީ މައާފުކޮށްދީފަ އެވެ.

މިއަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލު ތަކަށް ދިން ޑިސްކައުންޓުގެ އިތުރުން، މިދިޔަ އޭޕްރީލް ގައި ވެސް، ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރި މިންވަރު އިތުރުވެފައި ވާތީ، ގޭބިސީ ތަކުގެ ކަރަންޓު ބިލު ތަކަށް ބޮޑު ލުޔެއް ސަރުކާރުން ދިންކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

17 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy