"އަޅުގަނޑަށް މުހިއްމީ ވިޔަފާރިވެރިން ރައްޔިތުންނަށް ނިކަމެތިކަން ދިނުމުގެ އާދަ ފޮހެލުން"

ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް

އެމަނިކުފާނަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވާލުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އައިޖީއެމްއެޗު އާއި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫ ކުރާ މިންވަރު 2000 ރުފިޔާއަށް މަތި ކުރުމުން، އެ އަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިވެރިން ނާޖާއިޒު ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށް ކަމަށެވެ.

"އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މިގައުމުން ފިލުވާލަން، އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެން ކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ، އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްހަތު،" ރައީސް ވިދާޅުވި އެވެ.

ރައީސް އަށް އެންމެ މުހިންމު ދެ ވަނަ ސިޔާސަތަކީ ސިއްހީ ދާއިރާ ތަރައްގީ ކުރުންކަން ފާހަގަ ކުރައްވައި، މި ސަރުކާރުން ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތް ތަކަށް އަލި އަޅުއްވާލެއްވި އެވެ. ހަމައެއާ އެކު، ސިއްހީ ދާއިރާ ރަނގަޅު ކުރުމަކީ ހުރިހާ ކަމަކާ ގުޅި ލާމެހިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން މި ސަރުކާރުން އިންސާނީ ވަސީލަތް އިތުރު ކުރުމާއި އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން އެ ދާއިރާ ތަރައްގީ ކުރުމަށް އިސްކަން ދެއްވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މި ގޮތުން މިހާރު ވެސް 400 މިލިއަން ރުފިޔާއަށް ވުރެ، ގިނަ ސިއްހީ ދާއިރާގެ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ހޯދަން، ބޮޑު ތަކުލީފެއް އުފުލާފައި، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ދާދިއުން ނިމުމަކަށް ގެނައުމަކީ އެ މަނިކުފާނުގެ އަމާޒު ކަމަށެވެ. އަދި މާލެސިޓީ ހޮސްޕިޓާތައް ވެސް ފެންވަރު ރަނގަޅު ކުރަމުން ގެންދަވަނީ އެކަން ނިމުމަކަށް ގެނައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

14 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy