މައްކާ ރޫޓް އިނީޝިއޭޓިވްގެ ޓީމުން ކޮށްދިން ހިދުމަތުގެ އަގުވަޒަން ކޮށްފި

މައްކާ ރޫޓް އިނީޝިއޭޓިވްގެ ޓީމުން ކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރުން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ދިވެހި ހައްޖުވެރިންނަށް މުޅިން އަލަށް ލިބިގެންދިޔަ މައްކާ ރޫޓު އިނީޝިއޭޓިވްގެ ހިދުމަތް ދިނުމަށް ރާއްޖެއަށް ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަން ކޮށްފި އެވެ.

މިކަމަށް ޓަކައި ރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ރާއްޖެއަށް ވަޑައިގެންނެވި ސައުދީގެ އޮފިޝަލުންގެ އަގުވަޒަންކޮށް، ހަނދާނީ ލިޔުން ދެއްވާފަ އެވެ.

ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.

މި ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ހައްޖާޖީންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައިގެ އަގު ވަޒަން ކުރައްވާ މިނިސްޓަރު ޝަހީމް ވަނީ ސައުދީ އޮފިޝަލުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މި އަހަރު ރާއްޖެއިން ދަތުރު ކުރި 4 ފުލައިޓުގެ ހައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ.

އެ ގޮތުން ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އިމިގްރޭޝަން އެއްކޮށް ފުރިހަމަ ކޮށްފައިވާއިރު، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން މަޑު ކުރަން ޖެހެނީ ވަރަށް ކުޑަ ވަގުތު ކޮޅަކަށެވެ.

މިއީ މިހާތަނަށް ހައްޖުވެރިންގެ ދަތުރަށް ލިބިގެންދިޔަ އެންމެ ބޮޑު ލުއިފަސޭހަކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

8 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy