ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ ކުރި މަސައްކަތަށްވެސް ބެލުމަށް ފަހު - ފުއާދު

ރައީސް ފުޢާދު

ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދެމުން ދަނީ ކުރާ މަސައްކަތަށްވެސް ބެލުމަށް ފަހުގައި ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ޝަރުތު ހަމަވާ 6 ސިޔާސީ ޕާޓީއަކަށް އީސީން ވަނީ ފައިސާ ދޫކޮށްފައެވެ.

އެކަމާއި ގުޅިގެން މީހަކު ވަނީ ސިޔާސީ ޕާޓީތަކަށް މިހާ ބޮޑެތި އަދަދުތަކުން ދައުލަތުގެ ބަޖެޓުން ހަރަދުކުރާއިރު، ސިޔާސީ ޕާޓީތަކުގެ އަސްލު މަގްސަދު ހާސިލް ވޭތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ 2022 ވަނަ އަހަރުން ފެށިގެެން ކޮންމެ އަހަރަކުވެސް ޕާޓީތަކުގެ އޮފީހަށް އީސީގެ ޓީމަކުން ގޮސް ލިޔެކިޔުންތަކާއި އެ ޕާޓީތަކަށް ކުރެވިފައިވާ މަސައްކަތްތައް ބަލާ ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރި އަދަދުތައް:

• މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 15.1 މިލިއަން ރުފިޔާ
• ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 10.4 މިލިއަން ރުފިޔާ
• ޖުމްހޫރީ ޕާޓީ (ޖޭޕީ): 5.3 މިލިއަން ރުފިޔާ
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2.4 މިލިއަން ރުފިޔާ
• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ): 8.0 މިލިއަން ރުފިޔާ
• އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ

‏ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ ޑިސެމްބަރު 31 ގެ ނިޔަލަށް އެ ޕާޓީގައި މެންބަރުން ތިބި އަދަދަށް ބޮލަކަށް 289.62 ރުފިޔާގެ ރޭޓުން ކަމަށް އީސީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާގެ ގޮތުގައި މި އަހަރު 44 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައި ވެއެވެ.

---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy